ދަޢުލަތުގެ ވަޒީރުންނާއި ސުވާލުކުރުމުގެ ގާނޫނު އުވާލުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށައެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.

މި ބިލު ހުށައަޅާފައިވަނީ އެ ޤާނޫނަކީ 2008 ވަނަ އަހަރުގެ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ ކުރިން އެކުލަވައި އަމަލު ކުރަމުން އަންނަ ގާނޫނަކަށް ވާތީއެވެ. އަދި އެގާނޫނުގެ ސަބަބުން ވަޒީރުންނާ ސުވާލުކުރަން އޮންނަ ފުރުސަތު ހަނިވާކަމަށް ބިލުގައިވެއެވެ.

ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލުމަށް ހުށައެޅިއިރު، މަޖިލީހުގެ ގަވައިދުގައި ވަޒީރުންނާ ސުވާލުކުރެވޭ ގޮތަށް ހުރި ބައެއް މާއްދާތަކަށް އެމްޑީޕީން ވަނީ އިސްލާހު ގެނެސްފައެވެ.

އެގޮތުން ވަޒީރުންނަށް ޖަވާބުދާރިވުމަށް ކުރިން ދީފައި އޮތް 14 ދުވަހުގެ މުއްދަތަށް ބަދަލުގެނައުމާއި ވަކި މައުލޫއަކަށް ސުވާލު ކުރަން ޖެހޭގޮތަށް އޮތް އޮތުން އުވާލުން ހިމެނެއެވެ.

ސަލީމް އިތުރަށް ވިދާޅުވީ ގާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި މަޖިލީހުގެ ގަވައިދުގެ 21 ވަނަ ބާބުގައިވެސް ވަޒީރުންނާ ސުވާލުކުރުން ހިމެނިފައިވާތީ މި ގާނޫނުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން