މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާ ފާސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އެމަނިކުފާނު އުފައްދަވާފައިވާ 22 މިނިސްޓްރީއެއްގެ މެންޑޭޓް ފާސް ކުރުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާ ކަމަށެވެ.
މިމަހުގެ 18 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެޖެންޑާ ކޮށްފައި ވަނިކޮށް ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވިދާޅުވީ ސަރުކާރުން ވުޒާރާތަކުގެ މެންޑޭޓްތައް ފާސްކުރަން ފޮނުވާފައި ނުވާތީ ވަޒީރުންނަށް ރުހުން ދޭން ނޭހޭނެކަމަށެވެ. އޭގެ އިތުރުން ސަރުކާރަށް އެއް މަސް ދުވަސްވީއިރުވެސް އެ މައްސަލަ މަޖިލީހަށް ފޮނުވާފައި ނުވާތީ ޙިސާން ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.
"މިނިސްޓަރުންނަށް ރުހުން މިދެނީ އެ ބޭފުޅުން ކޮން މަސްއޫލިއްޔަތުތަކެއް އަދާކުރުމުގެ ނުވަތަ ނުކުރުމުގެ ގާބިލުކަމެއް އޮވެގެންތޯ މި ރިޕޯޓަކުން ސާފެއް ނުވޭ." ޙިސާން ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް އަސްލަމް ވަނީ ޙިސާން ނެންގެވި ނިޒާމީ ނުކުތާ ބަލައިގެންފައެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ ރ ގައި ބަޔާންކުރާ ކަންކަން ފުރިހަމަނުވާތީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު މިއަދު ނިންމާލާ އިރު ވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް އޮތީ ނުނިމި އެވެ. މަޖިލީހުގެ ރައީސް އަސްލަމް މިއަދު ވިދާާޅުވީ ކޮމިޓީ މަސައްކަތް ނިމުމުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން އެ މަސައްކަތް ނިންމިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު