އިސްލާމިކް މިނިސްޓްރީއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އެފްޑީސީއާ ދެމެދު އެމް.އޯ.ޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އެމްއޯޔޫގެ ބޭނުމަކީ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ފަރުމާ ކުރުމާއި، ޕްރޮޖެކްޓްތަކަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ޕްރޮޖެކްޓް މެނޭޖްމަންޓާއި ޓެކްނިކަލް ކޮންސަލްޓަންސީގެ ޚިދުމަތް ދިނުމާއި އިމާރާތްކުރުމުގެ އޮނިގަނޑެއް ޤާއިމްކުރުމުގައި ފަންނީ އެހީތެރިކަން ޙިއްސާކުރުން ކަމަށެވެ.

މި އެމްއޯޔޫގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވާ ކަންތައްތަކުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްތަކަށް ޓެކްނިކަލް ކޮންސަލްޓެންސީ ދިނުމާއި ޕްރޮޖެކްޓްތަކަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ދިނުމާއި ޕްރޮޖެކްޓްތައް މެނޭޖްކުރުމަށް ކޮންސަލްޓެންސީ ދިނުމާއި މިސްކިތްތަކާއި ވަޤުފް އިމާރާތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ފަރުމާކޮށްދިނުން ހިމެނެއެވެ.

އޭގެ އިތުރުން މިސްކިތްތަކާއި ވަޤުފް އިމާރާތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް އިމާރާތްކުރުމާއި ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުމާއި އިތުރު ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނޭ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމް.އޯ.ޔޫގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން