މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖައްސާފައިވާ “ދިވެހިންގެރާއްޖެ ފެސްޓިވަލް 2024”ގެ ކުޑަކުދިންގެ ހަވީރުވެސް ކެންސަލް ކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް އިންފޮމޭޝަން އެންޑް އާރޓްސް އިން ބުނީ ބުނެފައިވަނީ ކުޑަކުދިންގެ ހަވީރު ކެންސަލްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. މިއީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިއޮތް އިވެންޓެއް ކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މިކުޑަކުދިންގެ ހަވީރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ޔޫތު މިނިސްޓްރީން އޮތީ ރާވައިފައެވެ. ނަމަވެސް ރެއިން ފެށިގެން ހުޅުމާލެއަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.



މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ނ އަތޮޅުން ފެށިގެން މާލެ ސިޓީ ހިމެނޭހެން 8 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފައެވެ.

މީގެ ކުރިން ޔޫތު މިނިސްޓްރީން ވަނީ އައު އަހަރު ފާހަގަކުރުމަށް މިރޭ ބާއްވަން ރޭވި މިއުޒިކު ޝޯއާއި ލޭޒާ ޝޯގެ އިތުރަށް ހަވާ އެރުވުންވެސް މޫސުން ގޯސްވުމާ ގުޅިގެން ކެންސަލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން