ދިވެހި އަސްކަރިއްޔާގެ އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަޤާމުކަމުގައިވާ "ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް"ގެ މަޤާމު އަދާކުރެއްވި ކޮމާންޑް ސާޖަންޓް މޭޖަރ އަހުމަދު ޢަބްދުﷲ، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި އެވެ.
އަހުމަދު އަބްދުﷲ އަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގޭގައި ހިދުމަތް ކުރައްވާފައި ބޭފުޅެކެވެ.
އެގޮތުން 31 އަހަރު ސިފައިންގެ ހިދުމަތުގައި އަހުމަދު ހޭދަ ކުރެއްވި އިރު އޭނާ އެންމެ ފަހުން ހުންނެވީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގައި ދިވެހި އަސްކަރިއްޔާ ތަމްސީލްކުރައްވާ މެންބަރެއްގެ ގޮތުގަ އެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ރިޓަޔާ ކުރެއްވީ އިއްޔެ އެެވެ.
އަހުމަދު ރިޓަޔާ ކުރެއްވި އިރު ނިމިގެން ދިޔަ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވި ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލު ވެސް ވަނީ ރިޓަޔާ ކުރައްވައިފަ އެވެ.
އޭގެ އިތުރުން ސިފައިންގެ ހިދުމަތުގައި އެންމެ އިސްކޮށް އުޅުއްވި މޭޖާ ޖެނެރަލް ވާއިސް ވަހީދާއި ޖެނެރަލް ހާމިދު ޝަފީގުވެސް ވަނީ ރިޓަޔާ ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު