ވިއްސާރައާ ގުޅިގެން މާލެ ފެންބޮޑުވެފައި--
ވިއްސާރައާ ގުޅިގެން މާލެ ފެންބޮޑުވެފައި--
މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އާދިއްތަ ދުވަހުގެ މެންދުރާ ހަމައަށް ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭގެ 140 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ބުނެފި އެވެ.

އެ އޮތޯރިޓީގެ ސީއީއޯ ހިސާން ހުސެއިން ވިދާޅުވީ ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ މާލެއަށް ކަމަށެވެ. އެގޮތުން އިއްޔެގެ މެންދުރާ ހަމައަށް ވެހުނު ވާރެއާ ގުޅިގެން 140 ގެއަކަަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ. އޭގެ ތެރޭގައި ފެން ވަނުމާއި ބިމު އަޑިން ފެން އެރުމާއި އަދި މަތިންނާއެކު އެކި ތަންތަނުން ފެން ލީކުވެގެން ލިބުނު ގެއްލުންތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަން ހައްލު ކުރުމަށް އެންމެ ފުރަތަމަ ކުރި މަސައްކަތަކީ އެ ގެތަކަށް ފެން ނުވަންނާނެ ގޮތް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގެ އާންމުން ދިރިއުޅޭ ގޯތި ގެދޮރާއި އަދި ބައެއް ފިހާރަތަކާއި މި ނޫން ގުދަންތައް ފަދަ ތަންތަނުގައި ހާއްސަކޮށް ކްރިޓިކަލް އިންފްރާސްޓްރަކްޗާ ހިމެނޭ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްތައް ދިވެހި ފުލުހުންނާ އެމްއެންޑީއެފްއާ މާލެ ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރިން." ހިސާން ވިދާޅުވި އެވެ،

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފަސް ރަށެއްގައި ފެން ބޮޑުވިކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭގައި ކ. ހުރާ، ކ. ހިންމަފުށި، ލ. ފޮނަދޫ، ފ. ނިލަންދޫ، އަދި ލ. ގަން ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން