ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
ކޮމަންވެލްތު ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންގެ ކޮންފަރެންސަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ޔުގަންޑާއަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ކޮމަންވެލްތުގައި ހިމެނޭ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 27 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމް ޔުގަންޑާއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

އަސްލަމްގެ މިދަތުރުފުޅުގެ އިތުރު ތަފްސީލެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއަށް އެނބުރި ވަޑައިގަންނަވާނެ ދުވަހެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

މިއީ ފެބުރުއަރީ 1، 2020 ގައި ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުނު ފަހުން ކޮމަންވެލްތުގެ ގައުމުތަކުގެ ޤާނޫނުހަދާ މަޖިލީސްތަކުގެ ވެރިންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ 56 ގައުމަކުން ބައިވެރިވާ ކޮމަންވެލްތާއެކު ރާއްޖެއިން އޮތް ޒަމާންވީ ގުޅުން ކަނޑާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ގޮތަށް ނިންމީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް، ބޭއިންސާފުން ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ އެވެ. އަދި ޑިމޮކްރަސީ ހަރުދަނާ ކުރަން ރާއްޖޭން ކުރާ މަސައްކަތް ކޮމަންވެލްތުން ބަލައި ނުގަންނަ ކަމަށް ވެސް އޭރު ސަރުކާރުން ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން