ޕީއެންސީއާ ގުޅިވަޑައިގެންނެވީ ރައްޔިތުން އެދޭތީ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ،
މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ 13 މެމްބަރަކު ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންނެވި އިރު އޭގެ ތެރޭގައި ނިހާދުވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެ ނިންމެވުމާ ގުޅޭ ގޮތުން ނިހާދު މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ އޭނާއަކީ ރައްޔިތުންގެ މީހެއް ކަމަށެވެ،
ހަމަ އެހެންމެ ގިނަ ރައްޔިތުން އެދެނީ އެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމި ހުންނެވުމަށް ކަމަށް ނިހާދު ވިދާޅުވިއެވެ.
"އެކަން ކުރަން ދެމި ހުރުމަށް ޓަކައި ސަރުކާރު ޕާޓީއާ ގުޅިއްޖައިން. އާ އަހަރުގެ ތަހުނިޔާ އައްޑޫ ސިޓީ އަދި ހާއްސަކޮށް ފޭދޫގެ ރައްޔިތުންނަށް ދަންނަވަން." އާ އަހަރުގެ ހެޔޮ އެދުންތައް ވިދާޅުވެ ނިހާދު މިއަދު އެކްސްގައި ވިދާޅުވެފައި ވެއެވެ.
ނިހާދަކީ ނިމިގެން ދިޔަ ސަރުކާރުގައި ޕީއެންސީއަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ބޭފުޅުންގެ ތެރޭގައި ނިހާދު ހިމެނިވަޑައިގަންނަވަ އެވެ.
ނިހާދާއެކު ޕީއެންސީއާ ގުޅި ވަޑައިގެންނެވި މެމްބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރާ މެމްބަރުންގެ އަދަދު މިހާރު ވަނީ 15 އަށް އަރައިފަ އެވެ.
އަދި އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން ދުރުކުރަން އެމްޑީޕީއަށް އޮތް ފަހި ފުރުސަތު ވަނީ ގެއްލިފައެވެ. އެމްޑީޕީން ވަނީ މަޖިލީހުގެ ގާމަވާއިދަށް އިސްލާހުތައް ގެނަސް އެހެން ބައެއްގެ އެހީއާއި ނުލައި ރައީސުލްޖުމްހުރިއްޔާ އަޒުލު ކުރެވޭ ގޮތަށް ގަވާއިދުގެ ތެރެއިން މަގުފަހިކޮށްފައެވެ. ނަމަވެސް އެޕާޓީން ފަހުން ބުނީ ރައީސް އަޒުލުކުރުމަށް އެމްޑީޕީން މަސައްކަތް ނުކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު