އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   1 ޖެނުއަރީ 2024 - 21:46
އާމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދަނީ | ފޮޓޯ: އާރްޑީސީ
އާމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދަނީ | ފޮޓޯ: އާރްޑީސީ
މޫސުން ގޯސްވުމުގެ ސަބަބުން ހުއްޓާލާފައިވާ އަމީނީ މަގުގެ މަސައްކަތް މިއަދު އަލުން ފަށައިފައިވާކަމަށް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފިއެވެ.

އަމީނީ މަގުގައި ތާރައަޅަމުންދާ ބޮޑެތި ބަސް ދުއްވާ ސަރަހައްދުގެ މަސައްކަތް މޫސުން ގޯސްވުމާ އެކު އިއްޔެ ވަނީ ހުއްޓާލާފަ އެވެ. ނަމަވެސް މިއަދު މާލެ ސަރަހައްދުން ވިއްސާރަ ރަނގަޅުވުމާއެކު އެ މަގުގެ މަސައްކަތް އަލުން ކުރިއަށް ގެންދަން ފަށާފައިވާކަމަށް އާރްޑީސީއިން މައުލޫމާތު ދިނެވެ.

"މޫސުން ރަަނގަޅު ނަމަ ކުރިންވެސް ކުރަމުން އައިގޮތަށް 24 ގަޑިއިރު މަސައްކަތް ކުރިއަށްދާނެ،" އާރްޑީސީއިން އިތުރަށް ބުނެފއިވެ އެވެ.

އަމީނީ މަގުގެ މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުގައެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްގެންގޮސް ނިންމާފައިވަނީ ސެގްމަންޓް 11 އެވެ. މިހާރު އާރްޑީސީން ދަނީ އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓް، 12 އަދި 13 ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން