ހުކުރު މިސްކިތަށް އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ޒިޔާރާތް ކުރަނީ
ހުކުރު މިސްކިތަށް އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ޒިޔާރާތް ކުރަނީ
މާލެއަށް ކުރި ވިއްސާރައިގައި މާލޭ ހުކުރު މިސްކިތައް ގެއްލުން ލިބިފައިވާތީ އެ މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން ހުކުރު މިސްކިތަށް ގެއްލުންތަކެއް ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އަދި މި މައްސަލައާ ގުޅިގެން އެ މިސްކިތަށް މިނިސްޓްރީގެ އިސްވެރިން ވަނީ ޒިޔާރާތް ކޮއްފަ އެވެ.

ހުކުރު މިސްކިތުގެ އިތުރުންވެސް ވިއްސާރައިގައި ގެއްލުން ލިބުނު ބޮޑުގެ މިސްކިތަށްވެސް އެ މިނިސްޓްރީގެ އިސްވެރިން ވަނީ ޒިޔާރާތް ކޮއްފަ އެވެ.

މި ދެ މިސްކިތަށްވެސް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލުން ކަމަށް އިސްލާމިކް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން އާދިއްތަ ދުވަހުގެ މެންދުރާ ހަމައަށް ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވީ މާލެ އަށެވެ. އެގޮތުން މާލޭގެ 140 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބުނު އިރު ފަސް ރަށެއްގައި ފެން ބޮޑުވި އެވެ. އޭގެ ތެރޭގައި ކ. ހުރާ، ކ. ހިންމަފުށި، ލ. ފޮނަދޫ، ފ. ނިލަންދޫ، އަދި ލ. ގަން ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން