ރައީސް ޔާމީން--
ރައީސް ޔާމީން--
ރިޝްވަތާައި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދީފައިވާ ލުއިތައް ރިވިއުކުރުމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށް ކަރެކްޝަނަލް ސާވިސަސްއިން ބުނެފި އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނާކާމިޔާބު ވެވަޑައިގަތުމާއެކު މަސްލަހަތަށް ކަމަށް ވިދާޅުވެ ރައީސް ޔާމީން ޖަލުން ގޭ ބަންދަށް ބަދަލު ކުރެއްވީ މިދިޔަ އޮކްޓޫބަރު މަހު އެވެ.

ގޭ ބަންދުގައި ތިބޭއިރު ބޭރަށް ނުކުމެ ސިޔާސީ ހަރަކާތްތަކުގައި ނޫޅެވޭނެ ކަމަށް އުސޫލުތަކުގައި އޮތް ނަމަވެސް ރައީސް ޔާމީން އެގޮތަށް އަމަލެއް ނުކުރައްވަ އެވެ.

އެކަން އެގޮތަށް ތަކުރާރު ކުރައްވަމުން ގެންދަވާތީ ރައީސް ޔާމީނަށް ދީފައިވާ ލުއިތައް ރިވިއުކުރުމުގެ މަސައްކަތް ފަށާފައިވާކަން ކަރެކްޝަނުން ހާމަކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

ކަރެކްޝަންސްގެ އުސޫލުތަކަށް ބެއްލެވުމެއް ނެތި ރޭ ވެސް ރަައީސް ޔާމީން ވަނީ އެމަނިކުފާނުގެ ޕާޓީގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

އެހެންވެ އެކަމާ ގުޅޭ ގޮތުން "ރަސް އޮންލައިން" އިން ސުވާލު ކުރުމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރައީސް ޔާމީނަށް ދީފައިވާ ލުއިތައް ރިވިއު ކުރުމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށެވެ.

"ރިވިއުކުރުމުގެ މަސައްކަތް ނިމުނުހާ އަަވަހަަކަށް އެކަން ހާމަ ކުރާނަން." މީޑީއާ އޮފިޝަލު ވިދާޅުވި އެވެ.

ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރެއްވި ފަހުން އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އޮންނަ ގުޅުން ގޯސްވެ ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން "ޕީޕަލްސް ނެޝެނަލް ފްރޮންޓް" ގެ ނަ،މުގައި އާ ޕާޓީ އެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފަ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފްގެ ޝަރީއަތުގެ އަޑުއެހުންތައް ނިމި ދެން އޮންނާނީ ހުކުމް އިއްވުމެވެ. ނަމަވެސް ހުކުމް އިއްވާނެ ދުވަހެއް އަދި ތާވަލެއް ނުކުރެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން