ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މިދިޔަ ސަރުކާރުން ހިންގި ހައުސިން ސްކީމްތަކުގެ ދަށުން ގޯއްޗާއި ފްލެޓު ލިބުނު މީހުންނަށް އެތަންތަނުގެ ރަޖިސްޓްރީ އަންނަ ހަފުތާގެ ނިޔަލަށް ހަވާލުކޮށް ނިންމަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ. މުޢިއްޒު މިއަދު ވިދާޅުވީ އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް ކުރީ ސަރުކާރުގެ ހައުސިން ސްކީމްތަކުގެ ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް މި ހަފުތާ އާއި އަންނަ ހަފުތާގެ ތެރޭ ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ކުރީ ސަރުކާރުން ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން އެ ތަންތަން ހިއްކުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގުޅީފަޅާއި ގިރާވަރުފަޅުން އިތުރަށް ބިން ހިއްކުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ދާއިމީ ލިސްޓުގައި ހިމެނި، ގެޒެޓުކޮށްފައިވާ އެންމެނަށްވެސް ރަޖިސްޓްރީ ލިބޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

މި ސަރުކާރުން ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ފަށާފައިވާއިރު، ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގައި ހިމެނޭ ތަނަކުން ގޯއްޗެއް އަތުނުލައްވާނެ ކަމަށާއި އެމީސްމީހުން ރަސްމާލެއަށް ބަދަލު ނުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން