އާޒިމާ ޝުކޫރު--
އާޒިމާ ޝުކޫރު--
ޕީޕީއެމް/ ޕީއެންސީގެ އަޒުމް ވަރަށް ވަރުގަދަ ކަމަށާއި އެ ކޯލިޝަން ގުޑުވާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.

އާޒިމާގެ ކެމްޕޭން ލޯންޗު ކުުރުމަށް ރޭ ބޭއްވި ޖަލްސާގައި އެކަމަނާ ވިދާޅުވީ އަމާޒަކީ ރާއްޖެއަށް ތަފާތެއް ގެނައުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރު ކާމިޔާބު ކުރުން ކަމަށެވެ.

އަދި އެ ތަސައްވަރު ކާމިޔާބު ކުރުމުގައި އަޒުމް ވަރުގަދަ ކަމަށާއި އަދި ގުޑުވާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މާލޭ ސިޓީގެ މައްސަލަތައް ހައްލުނުކޮށް ރާއްޖޭގެ ބޮޑެތި މައްސަލަތައް ހައްލު ކުރުމަކީ ނާދިރު ކަމެއް ކަމަށެވެ.

"ގާނޫނޫ އަސާސީ އިސްލާހު ކުރެވިގެން ރާއްޖޭގެ ކައުންސިލްތައް އަލުން އިންތިހާބު ކުރެވޭ ތަންތަނަށް ވީ ފަހުން ހާއްސަ ގޮތެއްގައި މާލޭ ސިޓީ ވެފައި ވަނީ އަޅުގަނޑު ދެކޭގޮތުގައި ވެއްޖިއްޔާ ސަރުކާރާ އިދިކޮޅާ ދޭތެރޭގައި ފިއްތާލެވިފައި އޮތް ދޮރުގެ ބަރަކަށް. އަޅުގަނޑަށް ފެނުނު ތަނުގައި. ނަތީޖާއަކަށް ވެފައި ވަނީ މިއަދު މާލޭ ސިޓީއަކީ ދިރިއުޅެވޭ ވަރުގެ ތަނަކަށް ނުވުން." އާޒިމާ ވިދާޅުވި އެވެ.

އެކަން އެގޮތަށް އޮތް ނަމަވެސް މާލޭގެ ރައްޔިތުންނަށް ދެ "ޗޮއިސް" އެއް އެބައޮތް ކަމަށް އާޒިމާ ވިދާޅުވި އެވެ.

އެގޮތުން އެއް "ޗޮއިސް"އަކީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެހީތެރިވާނެ މީހަކު އިންތިހާބު ކުރުން ކަމަށާއި އަނެއް "ޗޮއިސް" އަކީ 2028 ވަނަ އަހަރާއި ހަމައަށް ސަރުކާރު ވައްޓާލުމަށް ބަޔަކު ކުރާ މަސައްކަތަށް އެހީތެރިވާނެ މީހަކު ހޯދުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން