އިދިކޮޅު ފަރާތްތަކުން އިންޑިއާއާއި މެދު ގެންގުޅޭ ތަޞައްވަރު ސާފު ނުވާކަމަށާއި، ޑރ. ވަޙީދާއި، ޑރ. ޖަމީލް ގެ މަސައްކަތަކީ ފިތުނަ އުފެއްދުން ކަމަށް އެލެކްސް އަހްމަދު ވިދާޅުވެއްޖެއެވެ.
އެލެކްސް އަޙްމަދުގެ ނަމުގައި ޓްވިޓަރގައި ޙަރަކާތްތެރިވާ ހޭންޑްލް އަކީ، ރައީސް މުޙައްމަދު ނަޝީދު އަމިއްލަ ގޮތުން ހާމަކުރަށްވާ ޚިޔާލުތައް ޙިއްސާކުރެއްވުމަށް ބޭނުންކުރަށްވާ އެކައުންޓެއްކަމަށް ގިނަ ބަޔަކުބުނެއެވެ. އެލެކްސް އަހުމަދު ވިދާޅުވީ، ޑރ. ވަޙީދު އާއި ޑރ. ޖަމީލް އިންޑިއާ ހައިކޮމިޝަނަށް ވަޑައިގެން އެތަނުގައި އިންޑިއާ އަށް ތަޢުރީފް ކުރަށްވާފައި މިހާރު ސޯޝަލް މީޑިއާ ގައި އިންޑިއާ އާއި ނަފްރަތު އުފައްދައި ދިވެހިން ބައިބައި ކުރުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ.
އަބަދުވެސް އިންޑިއާއަށް ތަޢުރީފްކޮށް، ފަސްޓް އިންޑިއާ ޕޮލިސީ އަށް ފާޅުގައި ތާޢީދު ކުރަށްވާ ރައީސް ނަޝީދު ކަމަށް ތުހުމަތު ކުރެވޭ އެލެކްސް އަޙްމަދު ވިދާޅުވީ، ރާއްޖޭގެ މިދިޔަ 1000 އަހަރުގެ ތާރިޚްގައި ދުވަހަކުވެސް އިންޑިއާއިން ރާއްޖެ ހިފާފައި ނުވާ ކަމަށެވެ.
"ޑރ. ވަޙީދު އާއި ޑރ. ޖަމީލް އިންޑިއާ ހައިކޮމިޝަނަށް ވަޑައިގެން އެތަނުގައި އިންޑިއާއަށް ތަޢުރީފް ކުރަށްވާފައި މިހާރު ސޯޝަލް މީޑިއާގައި އިންޑިއާއާއި ނަފްރަތު އުފައްދައި ދިވެހިން ބައިބައި ކުރުމުގެ މަސައްކަތް ކުރައްވަނީ." ހިތްހަމަ ނުޖެހުން ފާޅުކުރަށްވައި އެލެކްސް ވިދާޅުވެފައިވެއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމަށް ދާދިފަހުން އައްޔަން ކުރެއްވި ކުރީގެ ދެ ނާއިބު ރައީސުން ކަމަށްވާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ، ރައީސް ޔާމީން މިނިވަން ކުރުމަށް ބާރު އެޅުމުގެ ގޮތުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި އިންޑިއާގެ އެހީތެރިކަމާއި އެކުގައި ރާއްޖޭގައި ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތުތައް ވަނީ އޮޅުން ފިލުވާފައެވެ. އަދި ހަމައެއާއިއެކު ރާއްޖެ އާއި އިންޑިއާގެ ގުޅުމާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
އިދިކޮޅު ކޯލިޝަނުން ތަފާތު އެކި ފޯރަމްތަކުގައި އިންޑިއާ އަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާގެ ބަދަލުގައި ޗައިނާ އާއި ގާތް ގުޅުމެއް ބޭއްވި ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން އިސްކަންދީފައިވަނީ އިންޑިއާއެކު އޮންނަގުޅުން އިތުރަށް ބަދަހި ކުރެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު