ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ދެމެހެއްޓުމަށްޓަކައި، ދިވެހި ސިފައިން ވެފައިވާ އަދި ވަމުންދާ ގުރުބާނީ ފާހަގަކުރަށްވާކަމަށް ދިފާޢީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބް ކުރައްވައި މާރިޔާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދެމިއޮތުމުގެ ސިއްރަކީ ކާބަފައިންގެ މަސައްކަތް ކަމަށާއި، ރާއްޖެއަށް ފަހުރުވެރި ދިގު ތާރީހެއް ލިބިފައިވަނީ، ކާބަފައިން ޙިކުމަތްތެރިކަމާއެކު އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ މިނިވަންކަން މިގޮތުގައި ކުރިއަށް އޮތް ޖީލުތަކާއި ހަމައަށް ގެންގޮސްދިނުމަކީ އެންމެ ބޮޑު އެއް ވާޖިބު ކަމަށް މާރިއާ ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ދެމެހެއްޓުމަށްޓަކައި، ދިވެހި ސިފައިން ވެފައިވާ ގުރުބާނީ އަދި ވަމުންދާ ގުރުބާނީ އަޅުގަނޑު މިއަދު ފާހަގަކުރަން. މިގޮތުގައި ސިފައިން ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު މިއަދު ދިވެހި ރައްޔިތުންނަށް އަރުވަން. އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑުމެންގެ މި ލޮބުވެތި ގައުމު މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ތާއަބަދަށް ލެހެއްޓެވުން." މާރިޔާ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ފާހަގަކުރަމުން ދަނީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ އަށް މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައެވެ.

"Fakhuruveri dhigu thaarykheh oiy Dhivehiraajjeyge minivankamuge sirrakee kaabafainge hikumathu amalee. Mi minivankan migothugai annan oiy jeeluthakah gengosdhinumaky alhugan'dumenge bodu vaajibeh" - Hon. Minister @MariyaDidi wishes a Happy Independence Day to all Maldivians. pic.twitter.com/dHQtdTafV3
— Ministry of Defence (@MoDmv) July 26, 2020
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 26 ފާހަގަކުރަމުން ދަނީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ އަށް މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލު