ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓްގެ ޓިކެޓް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކަށަވަރު ކުރައްވައިފި އެވެ.

އަމީރު އެ ޓިކެޓް ކަށަވަރު ކުރެއްވީ އެމްޑީޕީގެ ފަރާތުން އަމީރު ފިޔަވައި އެހެން އެއްވެސް ބޭފުޅަކު އެ ދާއިރާއަށް ކުރިމަތިލައްވައިފައި ނުވާތީ އެވެ.

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް އަމީރު ވާދަ ކުރެއްވި އެވެ. ނަމަވެސް އެއީ ގައްދޫ ދާއިރާ އަށެވެ. ނަމަވެސް އެ ގޮނޑި އަމީރަކަށް ކާމިޔާބެއް ނުކުރެއްވުނެވެ.

ތުލުސްދާ ދާއިރާގައި މިހާރު ހިމެނެނީ ތުލުސްދޫގެ އިތުރުން ދިއްފުއްޓެވެ.

އަމީރު ވިދާޅުވި ގޮތުގައި އޭނާ އެ ދާއިރާއަށް ކުރިމަތި ލައްވަނީ ޗެލަންޖާ ކުރިމަތިލެއްވުމުގެ ގޮތުން ނެވެ. އަދި އާއިލީ ގޮތުން އެއްވެސް ގުޅުމެއް އެ ދާއިރާގައި ނެތް ނަމަވެސް ރަހުމަތްތެރިން ތިބިކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރުގެ ފިނޭންސް މިނިސްޓަރު ކަމުގައި ހިނގައި ދިޔަ ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ މައްސަލައާއި އަދި ތަކުރާރުކޮށް ފައިސާ ޗާޕު ކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައި ވެެއެވެ.

ތުލުސްދޫ ދާއިރާ މިހާރު ތަމްސީލު ކުރައްވަނީ އިބްރާހިމް ނަސީމް އެވެ. މިނިވަން މެމްބަރެއްގެ ގޮތުގައި އޭނާ ހޮވިވަޑައިގެންނެވި ނަމަވެސް ދާދި ފަހުން އޭނާ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން