ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް---
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް---
ފުށި ދިއްގަރުފަރު ފަޅު ހިއްކައިގެން މި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއަށް 500 އާއި 700 މިލިއަން ޑޮލަރު ވަރު ހޭދަވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގައި ސަރުކާރުން އެއްވެސް ކަމެއް ފޮރުވާފައި ނުވާ ކަމަށެވެ. ހަމަ އެހެންމެ އެއީ ފައިސާގެ އެއްވެސް މުއާމަލާތެއްގެ ތެރެއިން ހިންގާ މަޝްރޫއެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހިއްކާ ބިމުގެ ބޮޑު ބައެއް ސަރުކާރާ ހަވާލުކޮށް ކޮންޓްރެކްޓަރަށް ލިބެނީ އެންމެ ހަތަރު ޕަސެންޓް ބިން ކަމަށް ވަޒީރު ވިދާޅުވި އެވެ.

"އުސޫލެއްގެ ގޮތުން ހަރަދަށް ބަލާކަމަށް ވަންޏާމު އެ ހަރަދު އޭރިއާގެ ގޮތުން އެސްޓިމޭޓް ކުރެވޭނެ، އެއީ ކުޑަ ހަރަދެއް ނޫން. ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އެންމެ މަދުވެގެން ވެސް ހަރަދުވާނެ. އެތަނުގެ ފުން މިނާއި ހިއްކާ ތަނާއި ވެލި ބޭނުންވާ އަދަދާއި ވެލި ނަގާ ސަރަހައްދާ، މި ހުރިހާ އެއްޗަކަށް ބަލާފަ." ޑރ. މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮންޓްރެކްޓަރު އޮތީ ހުރިހާ ރިސްކެއް ނަގާފައި ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން އެ ފަޅުން 1153 ހެކްޓަރު ހިއްކާނެ އެވެ. އަދި އޭގެ ތެރެއިން 60 ހެކްޓަރުގެ ބިމާއި އަދި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން އެ ކުންފުންޏަށް 90 އަހަރަށް ލިބޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން