މާލެއާއި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ޕާކުތަެް ގިނަ ވަގުތު ތަޅުލާފައި ހުންނާތީ ކުރީގެ ބަންޑާރަ ނައިބު އަދި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެނޑިޑޭޓް އާޒިމާ ޝުކޫރު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ މެދުގައި ރޭ ބޭއްވި ބަހުސްގައި އާޒިމާ ވިދާޅުވީ މާލޭގެ ޕާކުތަކާއި ކުޑަކުދިން ކުޅޭ ތަންތަން ތަޅުލާފައި ފެންސް ޖަހާފައި ހުންނަ ހުރުން ބަދަލުކުރަން ޖެހޭ ކަމަށެވެ.
އެގޮތުން އިންސާނީ ތަބިއްޔަތަށް ބަލާއިރު ވެސް އެންމެންނަށްވެސް ހަމަޖެހިގެން އުޅެވޭނީ ހުޅުވާލެވިފައިވާ ތަންތަނުގައި ކަމަށް އާޒިމާ ވިދާޅުވި އެވެ.
"އެންމެ މިސާލެއް ދަންނަވަންޏާ މާލެ ވިލިނގިލީގައި ހުރީ ކުޑަކުދިންގެ އެންމެ ޕާކެއް. އެތަން ހުޅުވަނީ ހަވީރު ހަތަރަކުން ހަޔަކަށް. ދެން ނުވެސް ނެތީ ވިލިނގިލީގައި ވެސް އެގޮތަށް ކުދިން ކުޅެލާނެ ތަނެއް. މީހުން އެއްވެލާނެ ތަނެއް." އާޒިމާ ވިދާޅުވި އެވެ.
އެހެންވެ އާޒިމާ ވިދާޅުވީ އެތަންތަން ހުޅުވާލަން ޖެހޭ ކަމަށާއި ހުޅުވާލައިގެން އުޅެންވެސް އަޅުގަނޑުމެން ދަސްކުރަން ޖެހޭ ކަމަށެވެ.
"މިސާލަކަށް މާލޭގައި ހުންނަ ކުޑަކުދިންގެ ޕާކު ކީއްކުރަންތޯ ތަޅުލާފަ ހުންނަނީކީ. ހުޅުވަން އެބަ ޖެހޭ. އަޅުގަނޑުމެންގެ ދަރިންނަށް ދަސްވާނެ އެބަޖެހޭ. އެތަންތަނުގައި އެއްޗެހި ހުއްޓަސް ހަލާކުވާކަށް ނުޖެހޭ. ހަލާކު ކުރާކަށް ވެސް ނުޖެހޭ." އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ ހުޅުމާލޭގައި އެކަމަނާ ދިރިއުޅެމުންދާ އިރު އެ ރަށުގެ ބޭރުގެ މަގުތަކުގައި ވެސް ގަސްތައް ހުންނަ ކަމަށާއި އޭގެ ތެރޭގައި ފިނިފެންމާ ގަސްތައް ވެސް ހުންނައިރު އެ ގަސްތައް ހަލާކުކުރަމުން މީހުން ނުހިނގާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުގެ ނަޒަރުގައި އިންސާނީ ތޮބީއަތާ އެއްގޮތަށް ހަމަޖެހުމާއެކު ނޭވާ ލެވިގެން އުޅޭނެ ތަނަކަށް މާލެ ވިލިމާލެ ހުޅުމާލެ ހުރިހާ ތަނެއް ބަދަލުވާން އެބަޖެހޭ." އާޒިމާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު