ހުޅުމާލެއާއި، ގުޅީފަޅާއި، ގިރާވަރުފަޅާއި، އަދި ރަސްމާލޭގެ ބިން ހިއްކުމާއި ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރެވެމުންދާނެ ކަމަށާއި މި މަސައްކަތުގެ ތެރެއިން ގެދޮރުގެ މައްސަލަތައް އެއްކޮށް ހައްލުވެގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝުކޫރުގެ ކެމްޕޭން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިޒު ވިދާޅުވީ މާލޭގެ ބޯހިޔާވެހިކަމުގެ މައްސަލައަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއްކަމަށާއި އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލެ، ގުޅީފަޅު އަދި ގިރައިވަރުފަޅުން ހިއްކަމުންދާ ބިމުގެ އިތުރުން ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ.
ރައީސް ވިދާޅުވީ ރަސްމާލެ ބިމަކީ ހުޅުމާލެ ދެ ފިޔަވަހީގެ ތިން ގުނަ ކަމަށާއި އެ ބިން ތަރައްގީވުމުން އެތައް ބަޔެއްގެ ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ގުޅީފަޅު ބިމުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކާ ގިިރާވަރުފަޅުންވެސް އިތުރު 50 ހެކްޓަރުގެ ބިން މި މައްސަލަ ހައްލުކުރުމަށް ހިއްކާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ފަށާފައިވާ މަސައްކަތްތައް އިރާދުކުރެއްވިއްޔާ އެދަނީ ބާރު ސްޕީޑުގަ ކުރިއަށް،" ރައީސް ވިދާލުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ހަތަރު ބިން ހިއްކުމުން ފަސް އިންސައްތަ އިންޓްރެސްޓް ރޭޓްގައި ލުއި ލޯނުތަކެއް ބިން ލިބޭ ފަރާތްތަކަށް ދޭނެކަމަށާއި އަދި މީގެ އިތުރުން އެކި ކުންފުނިތަކުގެ އެހީގައި އެ ބިމުގައި ގެދޮރު އަޅުމުގެ އެހީތެރިކަން ފޯރުކޮއްދޭނެ ކަމަށެވެ. އަދި މިގޮތަށް ކަންކުރެވުމުން މާލެ ސަރަހައްދުން ޖާގަ ލިބި ގެދޮރުގެ މައްސަލަ ހައްލުވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޑރ. މުއިޒުވަނީ ދެއްވާފަ އެވެ.
އެމަނިކްފާނުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަ ކުރައްވާފައިވަނީ ގެދޮރުގެ މައްސަލައިގެ އިތުރުންވެސް މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލައާއި މިނޫންވެސް މަސަލަތައް ހައްލުކުރާނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކަައުންސިލްގެ އެއްބާރުލުމާ އެކީގައި ކަމަށެވެ. އެހެންކަމުން މި މަސައްކަތްތައް ސީދާ ސަރުކާރުން ކުރުމުގެ ބަދަލުގައި ކައުންސިލާ ހަވާލުކޮށް މާލެ ސިޓީ ކައުންސިލުން އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ޖާގަ ދޭނެކަމަށްވެސް ވިދާޅުވި އެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ކަންކޮއްފައިވަނީ ކައުންސިލުގެ މަސައްކަތަށް ބުރޫއަރާގޮތަށް ކަމަށާއި، ސަރުކާރުގެ އެހީއާއެކު ކުރެވެން އޮތް މަސައްކަތްތައް ފިޔަވާ އެހެން ހުރިހާ މަސައްކަތެއް އެމަނިކުފާނުގެ ދައުރުގައި ކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި ސިނަމާލެ އަދި ވިލިމާލޭގައި އަޅަން ނިންމި ފްލެޓުތަކުގެ މަސައްކަތުގެ އިތުރުން ޕާކިންގ މައްސަލަ ހައްލުކުރަން ކުރެވުނު މަސައްކަތާއި މަސްމާރުކޭޓުގެ މަސައްކަތްވެސް ކުރީ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޑރ. މުއިޒުވަނީ މިފަހަރު މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން އިދިކޮޅު ޕާޓީތަކުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ފާޑުވިދާޅުވެ އެ ކެންޑިޑޭޓުންގެ ޕާޓީތަކަކީ ސަރުކާރަށް ޖެއްސުންކޮށް އިދިކޮޅަށް މަސައްކަތް ކުރާނެ ފަރާތްތަކެއްކަމަށް ވިދާޅުވެފަ އެވެ. އަދި އެ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ޕާޓީގެ ނުފޫޒު އެ ބޭފުޅުންގެ މަސައްކަތުގައި ނޯންނާނެ ކަމަށް ވިދާޅުވުމުން ގެންދަވާ ވާހަކައަށް ރައީސް ވަނީ ގޮންޖައްސަވާފަ އެވެ.
ރައީސް ވަނީ ރައްޔިތުންގެ ފަރާތުން އެފަދަ ފިކުރުތަކަށް ތަން ނުދެއްވުމަށް އެދިވަޑައިގެން ސަރުކާރާއެކު މަސަައްކަތްކުރާނެ ކެންޑިޑޭޓަކަށް މާލޭގެ މޭޔާކަމުގެ އިންތިހާބުގައި ވޯޓުދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު