ކުޅުދުއްފުށީ
ކުޅުދުއްފުށީ
ކުޅުދުއްފުށި އެއާޕޯޓް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިޢުލާނު ކޮށްފިއެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނީ ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ ފަސިންޖަރުންގެ ޓާމިނަލް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނެނީ 11،345 އަކަފޫޓުގެ ޕެސެންޖަރ ޓާމިނަލެއް ހެދުމާއި ޕެސެންޖަރ ޓަރމިނަލް ސަރަހައްދުގައި ޝޭޑިންލުމާއި މިހާރު ބޭނުން ކުރަމުން އަންނަ ޓަރމިނަލްގެ ސްޓްރަކްޗާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިތުރަށް ޕެސެންޖަރުންނަށް ދޭ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ގާއިމު ކުރުމެވެ.

މަސްއަކަތަށް ޝައުގުވެރިވާ ކުންފުނިތަކުން، އީއޯއައި ހުށަހަޅަންޖެހެނީ ޖެނުއަރީ 9، ގެ ނިޔަލަށެވެ.

އާރްއޭސީއެލުން މިހާރު އަންނަނީ ރާއްޖޭގެ ޖުމްލަ ހަތް އެއާޕޯޓެއް އޮޕަރޭޓް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން