ކުރީގެ އިންތިހާބުތަކުގައި މޮނީޓަރުން އޮފިޝަލުންނާ މާރާމާރީ ވެސް ހިންގާފައި އެބަހުރި ކަމަށާއި އެކަންކަން ތަކުރާރު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބުތަކުގައި ދޫކުރާ މޮނިޓާ ފާސް ވަރަށް ފަސޭހައިން އެކި މީހުންނަށް ލިބޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ނޫސްތަކުން ކޮންމެ މީހަކަށް ވެސް އެފަދަ ފާހެއް ލިބޭކަން ފާހަގަ ކުރެއްވިއެވެ.

ހަބީބް ވިދާޅުވީ މޮނިޓަރުންވެސް އޮބްޒާވަރުން ވެސް ސުލޫކީ މިންގަޑެއް ހިފަހެއްޓުމަށް ސޮއި ކުރެއްވުމުން އެ އުސޫލުތަކުގައި ހިފަހައްޓާނެ ކަމަށް އުއްމީދު ކުރިޔަސް އެކަން ބައެއް ފަހަރު އެގޮތަށް ނުވާ ކަމަށެވެ.

"ކުރީގެ އިލެކްޝަންސްތަކުގައި ކޮމިޝަނަށް އެބަހުރި ފާހަގަ ކުރެވިފައި ކަނޑައެޅިގެން މޮނީޓަރުންނަށް ތިއްބެވި ބޭފުޅުން އިލެކްޝަންސްގެ އިންތިހާބުގެ ކަންކަން ބަލަހައްޓަން ތިބޭ އޮފިޝަލުންނާ މާރާމާރާ ހިންގާފައި. ހަމަ މާލޭ ސިޓީގެ ބައިއިލެކްޝަނެއްގައި މިކަން ހިނގާފައި އޮތީ." ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ އެނޫންވެސް އެހެން ކަންކަން މޮނީޓަރުންގެ ކިބައިން ފެނިފައިވާ ކަމަށާއި އެހެންވެ އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން