ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މާލޭގެ ދެ ސަރަހައްދެއްގައި ޓެންޓު ޖަހައި ވޯޓުލާ މަރުކަޒުތައް ގާއިމުކުރަން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވޯޓުލާ މަރުކަޒުތައް ގާއިމުކުރާނެ ތަންތަން މިހާރު ބަލަމުންދާ ކަމަށެވެ.
އަދި އެ މަރުކަޒުތައް ގާއިމު ކުރުމުގައި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ފާހަގަ ކުރެވުނު ކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ބައެއް ކުދިކުދި ކްލާސްރޫމް ތަކުގައި ވޯޓުލާ މަރުކަޒު ގާއިމު ކުރުމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވި ކަމަށާއި ހާއްސަކޮށް ޖާގައިގެ ދަތިކަމާއި ވޯޓުގެ ސިއްރުކަން ގެއްލޭ ހިސާބަށް ދާކަން ފާހަގަވި ކަމަށެވެ.
"އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ފޮށި އިތުރަށް ބެހެއްޓުމަށްޓަކައި ޓެންޓު ޖަހާ ގޮތަށް ކޮމިޝަނުން ވަނީ ނިންމައިފައި. ކުރީގައި ވެސް މިފްކޯ ކުރިމަތީގައި އޮތް ހުސް ދަނޑުގައި ޓެންޓު ޖެހިގޮތަށް މި ފަހަރު އެތާނގަ ޓެންޓު ޖަހާނެ. އަދި ހެންވޭރު ކޮންމެވެސް އެއް ސަރަހައްދެއްގައި މާލޭގެ ދެ ތަނެއްގައި ޓެންޓު ޖަހާ ގޮތަށް އަޅުގަނޑުމެން ވިސްނާފައި އޮތީ." ހަބީބް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާނެ ދުވަހެއް މިއަދު އިއުލާން ކުރަން އޮތް ނަމަވެސް އެމްޑީޕީއާ މަޝްވަރާ ކުރުމަށް ފަހު އެ ދުވަސް ފަހުން އިއުލާން ކުރާނެ ކަމަށް އިލެކްޝަންސްއިން މިއަދު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު