މާލޭގެ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ)އިން އާންމު ކޮއްފި އެވެ.

މާލެ ސިޓީ މޭޔަރު އިންތިޚާބު ގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުރު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރުގެ ބައި އިލެކްޝަނާ މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި ވޯޓުލެވޭ ފަރާތްތަކުގެ ލިސްޓުވެސް މިއަދު ވަނީ އާންމުކޮއްފަ އެވެ.

މި ދެންނެވި އިންތިހާބުތައް ބާއްވާނީ މި މަހުގެ 13 ވާ ހޮނިހިރު ދުވަހު އެވެ. އިންތިހާބުގައި ވޯޓުލެވޭ ފަރާތްތަކުގެ ލިސްޓު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި އަދި، ކޮމިޝަނުގެ ވެބްސައިޓްގައި ޢާންމުކޮށްފަ އެވެ.

މާލެ މޭޔަރ ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކަކީ އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބް އަލީއާއި ހުސެއިން ވަހީދުގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ ފަރާތުން އައިޝަތް އާޒިމާ ޝުކޫރު، އެމްޑީޕީގެ ފަރާތުން އާދަމް އާޒިމް، އަދި ދަ ޑިމޮކްރެޓްސް ފަރާތުން ސައިފް ފާތިހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން