ޙާލުދެރަވިމީހާ ޞިއްޙީ އަވަސް ފަރުވާއަށް ގދ. ތިނަދޫއަށް ގެންދިއުން
ޙާލުދެރަވިމީހާ ޞިއްޙީ އަވަސް ފަރުވާއަށް ގދ. ތިނަދޫއަށް ގެންދިއުން
މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏަކުން ޑައިވްކުރި މީހެއްގެ ޙާލުދެރަވެގެން ގދ. ތިނަދޫއަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ "އިޓަސްހަންޑާ" ކިޔާ މިދޯނި މަސްވެރިކަމުގައި ޙަރަކާތްތެރި ވެފައިވަނީ ގދ. ތިނަދޫއާ 9 ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ.

އޭގެ އިތުރުން އެދޯނިން ޑައިވްކުރި މީހާއަށް އަވަސްފަރުވާ ދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފުން ބުނީ ޞިއްޙީ އަވަސް ފަރުވާއަށް އެމީހާ ގެންގޮސްދީފައިވަނީ ގދ. ތިނަދޫއަށް ކަމަށެވެ.

ރާއްޖޭގެ އެކިހިސާބުތަކުގައި ހާލުދެރަވާ ބަލިމީހުން އެމްއެންޑީއެފްގެ އުޅަނދުތަކުގައި މީގެ ކުރިންވެސް މާލެ ގެނެސްދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން