ގޯތި ޙަވާލުކުރުން ކުރިޔަށްދަނީ
ގޯތި ޙަވާލުކުރުން ކުރިޔަށްދަނީ
ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު 18 ޕްލޮޓް ޙަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން މިރޭ ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުން ހަވާލު ކުރެވި، ގޯތި ހަވާލު ނުކުރެވިވާ ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް މިއަދު އަލުން ފަށާފައިވާ ކަމަށެވެ.

މެދުކެނޑުމަކަށްފަހު މިއަދު މި މަސައްކަތް އަލުން ފަށާފައިވާއިރު މިއަދު ވަނީ 18 ޕްލޮޓެއް ހަވާލުކޮށްފައެވެ.

ހައުސިން މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ޙަވާލުކުރުމުގެ އިތުރުން ބިން ޙަވާލުކުރުމަށް އެ މިނިސްޓްރީން ގުޅާނީ ރަސްމީގަޑީގައި، 4004994 އަދި 4004797 އިން އެކަނި ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށްވެސް ހައުސިންގ މިނިސްޓްރީން ވަނީ އެދިފައެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލެއިން 1،351 ގޯތި، ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.

އޭރު ހައުސިންގ މިނިސްޓްރީން ބުނީ ޝަރުތު ހަމަވެގެން ގޯތި ލިބޭ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން އޭރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށެވެ. އަދި އެ ސަރުކާރުގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބިމާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން