ރައީސް މުއިއްޒު ޗައިނާގައި
ރައީސް މުއިއްޒު ޗައިނާގައި
މި ސަރަހައްދުގެ ގައުމުތަކާ އިންޑިއާއާ ގުޅުން ގޯސްވެގެން އުޅެނީ މި ސަރަހައްދުގެ "ބޮސް"އަށް އިންޑިއާއިން ހެދިގެން އުޅޭތީ ކަމަށް ޗައިނާގެ ނޫހަކުން ބުނެފި އެވެ.

ޗައިނާގެ ސަރުކާރު ކޮންޓްރޯލް ކުރާ އެ ގައުމުގެ "ގްލޯބަލް ޓައިމްސް" އިން އިއްޔެ ޝާއިއުކުރި ލިއުމެއްގައި ވަނީ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އިންޑިއާއާ ދެކޮޅަށް ލިޔުން ވާހަކަތަކާ ގުޅިގެން ދެ ގައުމުގެ ގުޅުން

ގޯސްވެފައިވާ މައްސަލައަށް އަލި އަޅުވާލައިފަ އެވެ.

ޗައިނާއިން ބުނީ އިންޑިއާއާ ސަަރަހައްދީ ގައުމުތަކާ ގުޅުން ގޯސްވަނީ އަމިއްލައަށް މި ސަރަހައްދުގެ "ބޮސް"އަށް ހެދިގެން އުޅޭތީ ކަމަށެވެ.

ހަމަ އެހެންމެ ޗައިނާއަށް އޭގެ ރުޅި ބޭލުމުގެ ބަދަލުގައި އިންޑިއާއިން މި ސަރަަހައްދުގެ ގައުމުތަކާ މެދު ގެންގުޅޭ ސިޔާސަތުތަކާ މެދު ފުންކޮށް ވިސްނައި އެއް ގައުމުކަށް ފައިދާ ވުމަކީ އަނެއް ގައުމަށް އޮތް ގެއްލުމެއް ކަމަށް ދެކުން ދޫކޮށްލަން ޖެހޭ ކަމަށް ނޫހުގެ ލިއުމުގައި ވެއެވެ.

އަދި ދިވެހި ސަރުކާރުން "އިންޑިއާ ފަސްޓް" ޕޮލިސީއިން "ޗައިނާ ފަސްޓް"އަށް ބަދަލުވީ ނޫން ކަމަށާއި އޭގެ ބަދަލުގައި އަމިއްލަ ގައުމަށް ފުރަތަމަ އިސްކަންދިނީ ކަމަށް ލިއުމުގައި ވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ "ޕްރޯ ޗައިނާ" ބޭފުޅެއް ކަމަށް ވިދާޅުވުމަކީ އިންޑިއާއިން ރައީސް މުއިއްޒުއަށް އެއްވެސް އިހުތިރާމެއް ނުކުރާ ކަމުގެ ނިޝާނެއް ކަމަށް ވެސް ލިއުމުގައި ބުނެފައި ވެއެވެ.

ޗައިނާގެ ސިޗުއާން އިންޓަނޭޝަނަލް ސްޓަޑީޒް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ލޮންގް ޖިންގްޗުން ވަނީ އިންޑިއާގެ މީޑިއާތަކުން ރައީސް މުއިއްޒުއަކީ "ޕްރޯ ޗައިނާ" ބޭފުޅެއް ކަމަށް ވިދާޅުވުމުން އިންޑިއާ ސަރުކާރުގެ އޮފިޝަލުންގެ ގާބިލުކަމާ މެދުވެސް

ސުވާލު އުފައްދަވާ އެވެ.

އޭނާ ވިދާޅުވީ އެއިން އެނގެނީ ޗައިނާއާ ކުރިމަތިލާއިރު އިންޑިއާގެ އިސްވެރިން އެ މީހުންގެ އަމިއްލަ ނަފްސަށް ވެސް އިތުބާރު ނުކުރާކަން ކަމަށެވެ.

އިންޑިއާއާ ރާއްޖޭގެ ގުޅުން ގޯސްވެފައިވާ އިރު ރާއްޖެ ބޮއިކަޓް ކުރުމުގެ ވަރުގަދަ ކެމްޕޭންއެއް އިންޑިއާގައި ދަނީ ހިންގަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން