ރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (މ)
ރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (މ)
ހައްޖާއި އުމްރާގެ ޚިދުމަތުގެ މައުރަޒާއި، ކޮންފަރެންސް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި ކޮންފަރެންސްގައި ހައްޖުވެރިންގެ ހިދުމަތްތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މީގެ އިތުރުން ހައްޖު ދަތުރުތަކުގެ ފެންވަރު ރަނގަޅުކޮށް، ޙައްޖުވުމަށް ސަޢުދީއަށް ޒިޔާރަތްކުރާ މީހުންގެ ދީނީ އަދި ސަގާފީ ތަޖުރިބާތައް މުއްސަނދި ކުރުމުގެ އަމާޒު ކޮންފަރެންސްގެ އެޖެންޑާގައި ހިމަނާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މި ކޮންފަރެންސްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްވެސް ބައިވެރިވެޑައިގެންފައިވެއެވެ.

ޑރ. ޝަހީމް މިހާރު ސަޢުދީއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅަކީ މިއަހަރުގެ ހައްޖު އެންޑް ޢުމްރާ ކޮންފަރެންސްގައި ބައިވެރިވުމަށާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި ދެމެދު ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރުމަށް ކުރަށްވާ ދަތުރުފުޅެކެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ސަޢުދީއަށް ވަޑައިގެންނެވުމަށް އެދި ދަޢުވަތު އަރުވާފައިވަނީ ސަޢުދީގެ ހައްޖު މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން