ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއަރޕޯޓް އަޅަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބޭއްވި ބިޒްނަސް ފޯރަމްގައި މިކަމަށް ޝައުޤުވެރިވާ އިންވެސްޓަރުންނަށް ފުރުސަތުއޮތްކަން ވަނީ ހާމަކޮށްފައެވެ. ޗައިނާގެ ބޮޑެތި އިންވެސްޓަރުން ބައިވެރިވި މި ފޯރަމްގައި އިތުރު 11 ދާއިރާއެއްގެ މަޝްރޫޢުތަކަށް ޝައުޤުވެރިކަން ފާޅުކުރުމަށް ރާއްޖެއިން ވަނީ ޗައިނާގެ އިންވެސްޓަރުންނަށް ދަޢުވަތު އަރުވާފައެވެ.

ރާއްޖޭގައި މިވަގުތުވެސް 16 ޑޮމެސްޓިކް އެއަރޕޯޓެއް ހިންގަމުންދާއިރު، އަލަށް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫތައް ފަށާ ސަރަހައްދުތައް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން ދާދިފަހުން ވަނީ ފ. ނިލަންދޫގައި އެއަރޕޯޓެއް ތަރައްގީކުރުމަށް ނިންމައި އެއަރޕޯޓް ހެދުމަށް ބިން ހިއްކުމަށް ބޭނުންވާ ސަރވޭއާއި އީއައިއޭ ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

ޗައިނާ އިންވެސްޓަރުންނަށް އިއްޔެ ބޭއްވި ފޯރަމްގައި އައްޑޫ ބްރިޖު މަސައްކަތަށް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރުވެސް އެއް ކުންފުންޏަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން