އަމީނީމަގުގެ ފަހު 2 ސެގްމަންޓުން ބައެއް ޢާންމުންނަށް މިއަދު ހުޅުވާލާފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މިއަދު ހެނދުނު 6 އަކުން ފެށިގެން އަމީނީމަގާއި އިއްޒުއްދީންމަގު ގުޅޭ ޖަންކްޝަނާއި، ކަނބާ އައިސާރަނި ހިނގުމާއި އަމީނީމަގު ގުޅޭ ޖަންކްޝަން ޓްރެފިކަށް ހުޅުވާލާފައިވާ ކަމަށެވެ.
އޭގެ އިތުރުން އަމީނީމަގުގެ ސެގްމަންޓް 12 އަދި 13 އާންމުންނަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެއްކޮށް ހުޅުވާލާނެ ކަމަށާއި، މިހާރު ކުރަމުންދަނީ މަގުމަތީގައި ކުރަހަންޖެހޭ ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތްތައް ކަމަށް އެވުޒާރާއިން މަޢުލޫމާތުދެއެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. 13 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގައި ތާރުއެޅުން އާރްޑީސީން ނިންމާލާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.
މި މަސައްކަތަށް 84.4 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު