ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމަށް ފަސްވަނަ ދައުރަކަށް އިންތިހާބުުވެވަޑައިގެންނެވި ޝޭހް ހަސީނާއާއި ކުރީގެ ރައީސް މުހައްމަދް ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް ނަޝީދު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާއާ ބައްދަލުކުރައްވާފައިވަނީ އެމަނިކްފާން ބަންގްލަދޭޝަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގެ ތެރެއިންނެވެ. ނަޝީދް ވިދާޅުވިގޮތުގައި މިބައްދަލުވުމުގައި އެމަނިކްފާނު ސެކެޓްރީ ޖެނެރަލްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ މަސައްކަތްތަކާ ބެހޭގޮތުން ޝޭހް ހަސީނާއަށް މައުލޫމާތު އަރުވާފައިވެ އެވެ.
އެގޮތުން އެޖަމިއްޔާގެ "މުޖިބް ޕްރޮސްޕެރެޓީ ޕްލޭނަށް" ފައިސާ ހޯދުމުގެ މަސައްކަތާ ބެހޭގޮތުން މަޝްވަރާ ކުރެވުނުކަމަށްވެސް ނަޝީދް ވިދާޅުވި އެވެ.
ރައީސް ނަޝީދް ވިދާޅުވިގޮތިގައި މުޖިބް ޕްރޮސްޕެރެޓީ ޕްލޭނަކީ އެންމެ ފުރަތަމަ ފަހަރަށް ފުރިހަމަ ކުރެވުނު ކްލައިމެޓް ޕްރޮސްޕެރެޓީ ޕްލޭންް ކަމަށެވެ.
މިބައްދަލުވުމުގައި ނަޝީދުވަނީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރަށްވައި ހަސީނާއަށް މަރުހަބާ ވިދާޅުވެފަ އެވެ. މީގެއިތުރުންވެސް އެކަމަނާ އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު އަޣުލަބިއްޔަތަކުން ކަމަށްވެސް އެމަނިކްފާނުވަނީ ފާހަގަކުރައްވާފަ އެވެ.
އެސީވީއެފްގެ ފަރާތުން ރައީސް ނަޝީދް މިމަހުގެ ދިހަވަނަ ދުވަހު ނެރުނު ބަޔާނެއްގައި އެމަނިކްފާނު ވިދާޅުވެފައިވަނީ ބޮޑު ވަޒީރު ހުސީނާއަކީ ފާހަގަކޮއްލެވޭ ވެރިއެއް ކަމަށާއި އެކަމަނާއަކީ ތިމާވެށީގެ މައްސަލުތަކުގައި އަޑުއުފުއްލަވާ ބޭކަނބަލެއްކަމަށެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމުގައި އެއް އަޒުމެއްގައި ދެމިހުންނެވުމަކީ ފާހަގަކުރަންޖެހޭ ކަމެއްކަމަށްވެސް ނަޝީދުވަނީ ވިދާޅުވެފަ އެވެ.
ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ އެކަމަނާގެ އިރުޝާދުގެ ދަށުން ބަންގްލަދޭޝްވަނީ ތިމާވެށީގެ ކަންކަމުގައި ވަރުގަދަ ދައުރެއް އަދާކޮއްފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު