ބައިނަލްލަގުވާމީ މައްސަލައެއްގައި އިދިކޮޅު އެމްޑީޕީން ދައްކާވާހަކަތަކަކީ ގައުމިއްޔަތާ ދެކޮޅު ވާހަކަތަކެއް ކަމަށް ޕީޕީއެމް. ޕީއެންސީގެ ފަރާތުން މާލޭ މޭޔަރުގެ މަގާމަށް ވާދަކުރައްވާ އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ މޭޔާރ ކަމަށް ކުރިމަތިލާފައިވާ އާޒިމާ ޝުކޫރްގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން މިއަދު ބޭއްވި ސައިކަލު ބުރަށްފަހު ރައްޔިތުންނާ މުހާތަބު ކުރައްވަމުން މިކަން ފާހަގަކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރަށްވާ ދަތުރުފުޅާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައެވެ.

މި ސައިކަލު ބުރުގައި މިސަރުކާރުގެ ނައިބު ރައީސް ހުސެއިން މުހައްމަދް ލަތީފްވެސް ވަނީ އާޒިމާއާއެކު ބައިވެރިވަޑައިގެންފަ އެވެ.

ސައިކަލުބުރު ނިންމާލުމަށްފަހު ރައްޔިތުންނާ މުހާތަބުކުރައްވަމުން އާޒިމާ ވިދާޅުވެފައިވަނީ މޭޔަރ ކަމަށް ކުރިމަތިލައްވާފައިވާ އިދިކޮޅު ކެންޑިޑޭޓުންވަނީ މިސަރުކާރު އެންމެ އިސްކަމެއްދީގެން ހިނގަމުންދާ ބޯހިޔާވެހިކަމުގެ މަޝްރޫއުތަކާ ދެކޮޅުހައްދަވާފައި ކަމަށެވެ. އަދި މިއީ މާލޭގައި ދިމާވެފައިވާ އެންމެ ބޮޑުމައްސަލަ ކަމަށާއި މިކަމަށް ހުރަސް އެޅުމުން ސަރުކާރަށް ހުރަސްއެޅިގެން ދާނެކަމަށް އާޒިމާ ވިދާޅުވި އެވެ.

"ރައީސް ޑރ. މުހައްމަދް މުއިޒް ކުރައްވަމުންގެންދަވާ މަސައްކަތަކަށް ހުރަސްއަޅާނެ ބަޔަކު މާލޭގެ މޭޔަރ ކަމަށްް ގެނެވިއްޖެކަމުގައިވާނަމަ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ވަރަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ،" އާޒިމާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދް މުއިޒް ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމަނާ ދަތުރުފުޅު ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ މި ދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅެއް ކަމަށެވެ. އެގޮތުން މިދަތުރުފުޅުގައި ކުރެވިގެންދަނީ ގައުމީ މަސައްކަތެއްކަމަށާއި މިކަމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ.

ޗާއިނާއަށް އިސްކަންދީގެން ކުރައްވަމުންދާ މި މަސައްކަތް ފާހަގަކުރައްވަމުން އާޒިމާ އިތުރަށްވިދާޅުވީ މި މަސައްކަތަކީ ގައުމިއްޔަތުގެ ނަޒަރަކުން ބަލަންޖެހޭ މަސައްކަތެއް ކަމަށެވެ. ނަމަވެސް މިމަސައްކަތާ ގުޅިގެން ސަރުކާރާ ދެކޮޅު ބައެއް ފަރާތްތަކުން ދަނީ ގައުމާދެކޮޅަށް ވާހަކަދައްކަމުން ކަމަށެވެސް އާޒިިމާ ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅަށް އޮތް ފިކުރުތަކެއްގެ ސަބަބުން ގައުމާ ދެކޮޅަށް ދެކެވެމުންމިދާ ވާހަކަތަކަކީ ބައިނަލްލަގްވާމީ ސަރަހައްދެއްގައި ދެކެވެމުންދާ ވާހަކަތަކެއް ކަމަށާއި މިއީ ގައުމިއްޔަތާ ދެކޮޅު ވާހަކަތަކެއްކަމަށްވެސް އާޒިމާ ވިދާޅުވިި އެވެ. އަދި މިފަދައިން ދެކެވޭ ގައުމާ ދެކޮޅުވާހަކަތަކަކީ ދިވެހި އެއްވެސް ރައްޔިތަކު އެއްވެސް ހާލެއްގައި ދައްކައިގެން ނުވާނެ ވާހަކަތަކެއް ކަމަށްވެސް އާޒިމާ ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެންނާ ދެކޮޅަށް ނިކުމެ ތިބި އެމްޑީޕީގެ ފަރާތުން ދައްކަމުންގެންދާ ވާހަކައަކީ ދިވެހި ގައުމާދެކޮޅަށް ދައްކަމުންގެންދާ ވާހަކައެއް،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާގެ ވާހަކަފުޅުގައި ރައީސް ޑރ. މުއިޒު އެކަމަނާގެ ކެމްޕއެިނުގައި ކުރައްވަމުން ގެންދަވާ މަަސައްކަތްޕުޅު ފާހަގަ ކުރައްވައި އެމަނިކްފާނަކީ އިތުބާރުހިފޭ ބޭފުޅެއްކަން ފާހަގަކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން