ރާއްޖޭގައި ތިބި ބިދޭސީން ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންގްލަދޭޝްގެ އިތުރު 200 މީހަކު ފުރުވާލައިފިއެވެ.
މި މީހުން ފުރުވާލާފައިވަނީ ގައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
ކޯވިޑް-19 އާ ގުޅިގެން ބިދޭސީންގެ މެދުގައި ބަލިފެތުރުން އިތުރުވުމުން ސަރުކާރުން ވަނީ، ރާއްޖޭގައި ލިޔެކިއުމެއް ނެތި އުޅޭ ބިދޭސީންގެ ތެރެއިން 4205 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބަންގްލަދޭޝްގެ އިތުރު މީހުން ފޮނުވާލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުންނެވެ.
ވޭތުވެދިޔަ ފަސް އަހަރު ރާއްޖެއަށް ލައްކައެއްހާ ބިދޭސީން އެތެރެކޮށްފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އައްސަދު ވަނީ ވިދާޅުވެފައެވެ. އަދި މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އެ މީހުންގެ ރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ދިިރިއުޅެމުންދާ ބިދޭސީން ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަނބުރާ ގައުމަށް ދާން ބޭނުންވާ ބިދޭސީން ހޯދަން އިކޮނޮމިކް މިނިސްޓްރީން މާލޭ މަގުމަތީގައި ވަނީ ހަރަކާތްތެރިވެފައެވެ. އަދި އަނބުރާ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ވަނީ ލުއި ފަސޭހަ ގޮތްތަކެއް ހުޅުވާލާފައެވެ.

200 more Bangladeshi nationals repatriated today to #Dhaka from @VelanaAirport #Maldivian#NationalAirline🇲🇻 pic.twitter.com/llNCvZX53y
— Maldivian (@MaldivianAero) July 27, 2020
ވޭތުވެދިޔަ ފަސް އަހަރު ރާއްޖެއަށް ލައްކައެއްހާ ބިދޭސީން އެތެރެކޮށްފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އައްސަދު ވަނީ ވިދާޅުވެފައެވެ. އަދި މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އެ މީހުންގެ ރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ދިިރިއުޅެމުންދާ ބިދޭސީން ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަނބުރާ ގައުމަށް ދާން ބޭނުންވާ ބިދޭސީން ހޯދަން އިކޮނޮމިކް މިނިސްޓްރީން މާލޭ މަގުމަތީގައި ވަނީ ހަރަކާތްތެރިވެފައެވެ. އަދި އަނބުރާ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ވަނީ ލުއި ފަސޭހަ ގޮތްތަކެއް ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު