ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރޭ މާލޭގައި ކުރި މުޒާހަރާއަށް ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފާޑުވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅު ކޯލިޝަނުން މަދު މީސްކޮޅަކާއެކު މާލޭގައި އެއްވުމެއް ބާއްވާފައިވާއިރު، އެ އެއްވުމުގައި ގިނައިން ތިބީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރޝިޕްގެ އިސް ފަރާތްތަކެވެ. އެ ކޯލިޝަންގެ ޢާއްމު މެމްބަރުންގެ ބައިވެރިވުން ކުޑަ އެ މުޒާހަރާގައި ގޮވާލާފައިވަނީ މަނީ ލޯންޑަރިންގެ ދަޢުވާ ސާބިތުވެފައިވާ، އަދި ޚިޔާނާތުގެ ބޮޑެތި ތުހުމަތު ތަކެއްގެ ތަޙުޤީޤު މިހާރުވެސް ކުރަމުންދާ ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން ވިދާޅުވެފައިވަނީ، އިދިކޮޅުން އުޅެނީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލަތަކުގައި އިންސާފުއަރާ ހަމަކުރާނެ ކަން އެނގޭތީ އެކަމާ ބިރުންކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން "ވަގުން" ހިފާ ހައްޔަރުކުރާނެ ކަމަށެވެ.
އެގޮތުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ޙުސައިން ޝަހީމް ވިދާޅުވީ، ޕީޕީއެމްއާ ޕީއެންސީއިން މީހުން ނުލާ ރޭ ބޭއްވި މުޒާހަރާއަކީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓްގައި ހިމެނޭ މުޖުރިމުން އިންސާފަށް ބިރުން ކުރި މުޒާހަރާއެއް ކަމަށާއި، މި ސަރުކާރުން ވަގުން ހިފާ ހައްޔަރު ކުރާނެ ކަމަށެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ކިތައްމެ ވަރަކަށް ހަމަނުޖެހުން ހިންގަން މަސައްކަތް ކުރިއަސް އެމްއެމްޕީއާރުސީ ގެ ވަަގުންނަށް ހައްގު އަދަބުދޭނެ" ކަމަށެވެ.
މި މުޒާހަރާގައި ކުރީގެ ހައުސިން މިނިސްޓަރ މުޙައްމަދު މުއިއްޒު ގެންގުޅުއްވި ޕޯސްޓަރަކަށްވެސް އެމްޑީޕީގެ މެމްބަރުން ވަނީ ފާޑު ކިޔާފައެވެ. މުޢިއްޒު ގެންގުޅުއްވި ޕޯސްޓަރުގައިވަނީ، މިއީ ފްލެޓް ފޭރޭ ސަރުކާރު ކަމަށާއި، 7000 ފްލެޓް ކާލާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވެފައިވަނީ، "ލަދު ހަޔާތަކީވެސް އިންސާނެއްގެ ކިބައިގާ ހުރުން ވަރަށް ބޭނުންތެރި ސިފައެއް،" ކަމަށެވެ.
ރޭގެ މުޒާހަރާއަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އެސްޓީއޯގެ އެމްޑީ ޙުސައިން ޢަމްރު ވިދާޅުވެފައިވަނީ، "ދަޢުލަތުގެ އެތައް ބިލިއަން ރުފިޔާއެއް ވަގަށްނެގި މައްސަލަ ބަލާ ނިމޭ ހިސާބަށް ދިއުމުން" މިފަދަ މުޒާހަރާތައް ފެންނަމިންވަރު ގިނަވާނެ ކަމަށެވެ.
އިދިކޮޅުން ރޭ ޗާނދަނީ މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދުގައި ބޭއްވި މުޒާހަރާގައި އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއް ނެތި ވަނީ އަޑު އުފުލާފައެވެ. އަދި ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު، މުޒާހަރާގެ ބައިވެރިން ގޮސްފައިވަނީ ޕީޕީއެމް އޮފީސްކައިރި އަށެވެ. ރޭގެ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ދެމީހަކު ގެންގޮސްފައިވާއިރު، އެމީހުން ވަނީ ފަހުން ދޫކޮށްލާފައެވެ. މީގެ ކުރިން ފުލުހުން ވަނީ އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިންތަކަށް ބޯލެނބުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު، އިއްޔެ އެކަނިވެސް ރާއްޖެއިން 50 މީހަކު ބައްޔަށް ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ އަދަދު ވަނީ 3302 އަށް އަރާފައެވެ.

PPM aa PNC in meehun nulaa mirey beyvi muzaaharaa akey Assets Recovery Commission ge report gai himeney mujurimun insaafah birun kuri muzaaharaa eh. Thelunu varakah Dhaanee Hulhun’bu. Vagun hifaa hayyarukuraane!
— Hussain Shaheem (@AndhunHussain) July 26, 2020
އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ކިތައްމެ ވަރަކަށް ހަމަނުޖެހުން ހިންގަން މަސައްކަތް ކުރިއަސް އެމްއެމްޕީއާރުސީ ގެ ވަަގުންނަށް ހައްގު އަދަބުދޭނެ" ކަމަށެވެ.
މި މުޒާހަރާގައި ކުރީގެ ހައުސިން މިނިސްޓަރ މުޙައްމަދު މުއިއްޒު ގެންގުޅުއްވި ޕޯސްޓަރަކަށްވެސް އެމްޑީޕީގެ މެމްބަރުން ވަނީ ފާޑު ކިޔާފައެވެ. މުޢިއްޒު ގެންގުޅުއްވި ޕޯސްޓަރުގައިވަނީ، މިއީ ފްލެޓް ފޭރޭ ސަރުކާރު ކަމަށާއި، 7000 ފްލެޓް ކާލާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވެފައިވަނީ، "ލަދު ހަޔާތަކީވެސް އިންސާނެއްގެ ކިބައިގާ ހުރުން ވަރަށް ބޭނުންތެރި ސިފައެއް،" ކަމަށެވެ.
ލަދު ހަޔާތަކީވެސް އިންސާނެއްގެ ކިބައިގާ ހުރުން ވަރަށް ބޭނުންތެރި ސިފައެކެވެ. pic.twitter.com/qXKcLqoi8Z
— Waddey (@waddey_) July 27, 2020
ރޭގެ މުޒާހަރާއަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އެސްޓީއޯގެ އެމްޑީ ޙުސައިން ޢަމްރު ވިދާޅުވެފައިވަނީ، "ދަޢުލަތުގެ އެތައް ބިލިއަން ރުފިޔާއެއް ވަގަށްނެގި މައްސަލަ ބަލާ ނިމޭ ހިސާބަށް ދިއުމުން" މިފަދަ މުޒާހަރާތައް ފެންނަމިންވަރު ގިނަވާނެ ކަމަށެވެ.
އިދިކޮޅުން ރޭ ޗާނދަނީ މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދުގައި ބޭއްވި މުޒާހަރާގައި އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއް ނެތި ވަނީ އަޑު އުފުލާފައެވެ. އަދި ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު، މުޒާހަރާގެ ބައިވެރިން ގޮސްފައިވަނީ ޕީޕީއެމް އޮފީސްކައިރި އަށެވެ. ރޭގެ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ދެމީހަކު ގެންގޮސްފައިވާއިރު، އެމީހުން ވަނީ ފަހުން ދޫކޮށްލާފައެވެ. މީގެ ކުރިން ފުލުހުން ވަނީ އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިންތަކަށް ބޯލެނބުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު، އިއްޔެ އެކަނިވެސް ރާއްޖެއިން 50 މީހަކު ބައްޔަށް ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ އަދަދު ވަނީ 3302 އަށް އަރާފައެވެ.
ކިޔުންތެރިންގެ ހިޔާލު