މާލޭގެ މޭޔަރު ހޮވުމަށް މިއަދު ކުރިއަށްދާ އިންތިޚާބުގައި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވޯޓް ލައްވައިފިއެވެ.

ރައީސް ޔާމީން މިއަދު ވޯޓު ލެއްވުމަށްފަހު އިންތިޚާބުގައި ވާދަކުރަށްވާ ބައެއް ކެންޑިޑޭޓުންނާއެކު ނަންގަވާފައިވާ ފޮޓޯއެއް މީސް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

މާލޭގެ މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު އަދި ހެންވޭރު ދެކުނު ދާއިރާއަށް ކައުންސިލަރުން ހޮވުމުގެ ބައި އިލެކްޝަން މިއަދު ދަނީ ކުރިއަށެވެ. މި އިންތިޚާބުގެ ވޯޓުލުން ހަވީރު ފަހެއް ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.

މާލެ ސިޓީ މޭޔަރު ހޮވުމަށް ބައި އިލެކްޝަން ބާއްވަނީ އެ މަގާމުގައި ކުރިން ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ މަގާމު ހުސްވުމުންނެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު އިންތިޚާބުގައި ވޯޓުލުމަށް ނިކުންނަ މީހުން ނިސްބަތުން މަދުކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހުންނަށް ލިބެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން