މިއަދު ކުރިއަށްދާ މާލެސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި މެންދުރު ބާރަ ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ 6201 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އީސީން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދުގެ އިންތިޚާބުގައި މެންދުރު ބާރަޖެހުމާ ހަމައަށް ވޯޓުލާފައިވަނި 6201 މީހުންނެވެ. އެއީ ވޯޓުލެވޭ މީހުންގެ 11.07 އިންސައްތަ މީހުންނެވެ. ވޯޓުލެވޭ މީހުންގެ ތެރެއިން 49801 މީހުން ވޯޓުނުލާ ތިބިކަމަށްވެސް އީސީން މައުލޫމާތުދެއެވެ.
މިއަދު ކުރިޔަށްދާ މާލޭސިޓީ މޭޔަރ އަދި ކައުންސިލަރުންގެ ބައި-އިލެކްޝަން ގައި، 54680 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާކަމަށް އީސީން ވަނީ ބުނެފައެވެ.
މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގެ އިތުރުން މ.މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ވެސް މިއަދު ވަނީ ފަށާފައެވެ.
މިއަދުގެ އިންތިޚާބުތަކުގައި ޖުލްމަ 58 ވޯޓު ފޮށި ބަހައްޓާފައިވާއިރު މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކަށް 55 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިއަދުގެ ބައި އިލެކްޝަނުގެ ވޯޓުލުން ހެނދުނު 8:00ން ފެށިގެން ހަވީރު 5:00އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު