ރޭގެ މުޒާހަރާގައި ޝިޔާމް (މ) ވާހަކަ ދައްކަވަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ރޭގެ މުޒާހަރާގައި ޝިޔާމް (މ) ވާހަކަ ދައްކަވަނީ (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖޭގެ އުދަރެހުން އަރާ ވިލާގަނޑު ބިޔަވެފައި ބަނަ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރުންނާއި ލީޑަރޝިޕްގެ އިސް ބޭފުޅުން ރޭ މާލޭގައި އިހުތިޖާޖު ކުރުމުގެ ގޮތުން ވަނީ އެއްވުމެއް ބާއްވައި ޝުއޫރު ފާޅުކޮށްފައެވެ. "އެންމެން އެއް އަޑަކުން" ނަމުގައި މާލޭގައި ކުރިއަށް ގެންދިޔަ މި އިޙްތިޖާޖުގައި ރާއްޖޭގެ ދާޚިލީ މިނިވަންކަމާމެދު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ވަނީ ޝުޢޫރު ފާޅުކޮށްފައެވެ.

ރޭގެ އެއްވުމާއި ގުޅޭގޮތުން ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ދިވެހިންގެ ކަންކަން ދިވެހިންނަށް ނުނިންމޭ ހިސާބަށް ޤައުމުގެ ޙާލަތު ދިއުމުން ދައްކާނެ މިނިވަންކަމުގެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި އޭރުން ދައްކަން ޖެހޭނީ އަޅުވެތިކަމުން ސަލާމަތްވާނެ ގޮތުގެ ވާހަކަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، "ރާއްޖޭގެ އުދަރެހުން އަރާ ވިލާގަނޑު ބިޔަވެފައި ބަނަކަމަށެވެ."



ބެލެވޭ ގޮތުގައި ޝިޔާމް އިޝާރާތް ކުރަށްވާފައި އެވަނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ގެންގުޅޭ "ފަސްޓް އިންޑިއާ" ފޮރިން ޕޮލިސީ އަށެވެ.

މީގެ އިތުރުން ރޭގެ މުޒާހަރާގައި ކުރީގެ ހައުސިން މިނިސްޓަރ މުޢިއްޒު ހިއްޕަވައިގެން ހުންނެވި ޕޯސްޓަރަކާއި ގުޅިގެން މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވާތީ އެކަމާއި ގުޅިގެން ޝިޔާމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. މުއިއްޒު އެޕޯސްޓަރު ހިއްޕަވައިގެން ހުންނެވި ވަގުތު ތަސްވީރެއް ކުރަހާލަން އެ މަންޒަރު ވަރަށް ފުރިހަމަވާނެ ކަމަށް ހިތަށް އެރި ކަމަށެވެ. އަދި ހަމަ އެވަގުތު އެމްޑީޕީ ސަރުކާރަށް "ހަޖަމް" ކުރަން އެހާ ފަސޭހަވާނެ ތަސްވީރަކަށް އެކަން ނުވާނެ ކަމަށް ވެސް ހިތަށް އެރި ކަމަށް ޝިޔާމް ވިދާޅުވެފައިވެ އެވެ.

"އެހެން ނޫނަސް ފްލެޓް އެޅި ބަޔަކަށްތާ ފްލެޓްގެ ވާހަކަ ދެއްކޭނީ،" ޝިޔާމް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ރޭ މުޒާހަރާ ކޮށްފައިވާއިރު، ކޯވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް މަނާކޮށްފަ އެވެ. އަދި ފުލުހުންވެސް ވަނީ އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިންތަކަށް ބޯލެނބުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު، އިއްޔެ އެކަނިވެސް ރާއްޖެއިން 50 މީހަކު ބައްޔަށް ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ އަދަދު ވަނީ 3302 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ސަޢީދު

30-Jul-2020

މި ގައުމުގައި ކޮރޯނާވައިރަސް ފަތުރަން އުޅޭވަގުންްތަކެއްތީ


3

ހުސްނާހުސޭން

28-Jul-2020

ޝިޔާމް މަޖިލީހުގަވެސް ކަލޭ ފުތް ޕީމާ ވީގޮއް ފެނުނެއް ނޫ ބަލަ ވަގަކު މިނިވަން ކުރަން ތިތެޅެނީ ބޭކާރުކަމެއް



ޓްރެންޑިން