މިއަދު ކުރިއަށްދާ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ.

ރައީސް ނަޝީދުގެ އިތުރުން ކުރީގެ ރައީސް ޔާމީންވެސް ވަނީ މި އިންތިޚާބުގައި ވޯޓުލާ މަރުކަޒަށް ޙާޟިރުވެ ވޯޓު ލައްވާފައެވެ.

މި އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރާއި އިތުރު ތިން ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާފަންނު ދެކުނު ދާއިރާއާއި މެދު ހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރަށްވާ ފަސް ކެންޑިޑޭޓުންނަކީ ޕީއެންސީގެ ކެންޑިޑޭޓު ޢާއިޝަތު އާޒިމާ ޝަކޫރާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމާއި ދަ ޑިމޮކްރެޓްސްގެ ސައިފް ފާތިހާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ހުސެއިން ވަހީދާއި ޝުއައިބު އަލީއެވެ.

މިއަދު ކުރިޔަށްދާ މާލޭސިޓީ މޭޔަރ އަދި ކައުންސިލަރުންގެ ބައި-އިލެކްޝަން ގައި، 54680 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާކަމަށް އީސީން ވަނީ ބުނެފައެވެ. މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކަށް 55 ވޯޓު ފޮށި އީސީން ވަނީ ބަހައްޓާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިއަދުގެ ބައި އިލެކްޝަނުގެ ވޯޓުލުން ހެނދުނު 8:00ން ފެށިގެން ހަވީރު 5:00އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

މާލެ ސިޓީ މޭޔަރު ހޮވުމަށް ބައި އިލެކްޝަން ބާއްވަނީ އެ މަގާމުގައި ކުރިން ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ މަގާމު ހުސްވުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން