ވަގު ޕާސްޕޯޓެއްގައި ރާއްޖެ ވަންނަން އުޅުނު ބިދޭސީ މީހާ
ވަގު ޕާސްޕޯޓެއްގައި ރާއްޖެ ވަންނަން އުޅުނު ބިދޭސީ މީހާ
ވަގު ޕާސްޕޯޓެއްގައި ރާއްޖެ ވަންނަން އުޅުނު ބިދޭސީއަކު ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން މިރޭ ބުނެފައިވަނީ ޕާސްޕޯޓަށް ބަދަލު ގެނެސްގެން ރާއްޖެއަށް ވަންނަން އުޅެނިކޮށް ހުއްޓާފައިވަނީ އުމުރުން 40 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.



ކޯވިޑް-19 އާ ގުޅިގެން ތިން މަހަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވަނި މި މަހުގެ 15 ގައެވެ. ބޯޑަރު ހުޅުވާލިތާ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ރާއްޖެއަށް 904 ފަތުރުވެރިން އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ކުރީން ބުނެފައެވެ.

މީގެ ކުރިން ވެސް ރާއްޖެއަށް ވަގު ޕާސްޕޯޓްގައި އެތެރެވާން މަސައްކަތްކުރި މީހުން އަތުލައިގެންފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު


7

ރަވިންގުރާ

28-Jul-2020

ޢިންޑިއާ މީހެއްވީމަ ހާމަނުކުރީ ރޭޕިސްޓުން ހިމާޔަތް ކުރާ ސަރކާރު



ޓްރެންޑިން