ކުޅުންތެރިންނަށް ފަރުވާ ދިނުމަށް ޤާއިމުކުރި މެޑިކަލް ފެސިލިޓީ ރައީސް މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މާލޭ ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި މެޑިކަލް ފެސިލިޓީ އިފްތިތާޙް ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ކުޅިވަރާބެހޭ ވުޒާރާއިން ބުނީ މިރޭ އިފްތިތާޙް ކުރެވުނު ފެސިލިޓީގައި ޤައުމީ އަދި ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމްކުރާ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްފައިވާ ކަމަށެވެ.
ސޯޝަލް ސެންޓަރުގައި ކުޅުންތެރީންނަށް ފަރުވާ ދިނުމަށް ޤާއިމުކުރި މިނިމަމް މެޑިކަލް ރިކުއަރމަންޓްސް ފެސިލިޓީ އިފްތިތާޙް ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެތަން ބައްލަވާ ލައްވާފައެވެ.
މި ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅިވަރާބެހޭ ވަޒީރު ޢަބްދުالله ރާފިއު ވިދާޅުވީ މިއީ ދިވެހި ކުޅިވަރު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ހިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން ކުޅިވަރުގެ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް ފެނިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރާބެހޭ ވުޒާރާއިން ބުނީ މި ފެސިލިޓީ ޤާއިމްވުމާއެކު ރާއްޖޭގެ އެތްލީޓުން ހަފްތާއަކު ތިން ދުވަހު ތެރަޕީ ނެގޭނެ ގޮތަށް މާދަމާއިން ފެށިގެން ހަމަޖައްސާނެ ކަމަށާއި އެކަން ކުރުމަށް ހާއްސަ ވެބްސައިޓެއް އިފްތިތާހު ކުރާނެ ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިނީ ތެރަޕީއާ ގުޅޭ ހާއްސަ އެޕްލިކޭޝަނެއް ތައާރަފުކޮށް އެޕޮއިންޓްމަންޓް ހެދޭނެ އިންތިޒާމްވެސް ހަމަޖައްސާނެ ކަމަށްވެސް ކުޅިވަރާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު