މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަލީ ހައިދަރު
މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަލީ ހައިދަރު
ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ދެން ހުށައަޅަންޖެހޭނީ "ވަންގަވް" މެދުވެރިކޮށްކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު ބުނީ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް "ވަންގަވް" މެދުވެރިކޮށް ހުށައަޅާގޮތަށް ހަމަޖެއްސުމަކީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމެނޭ ކަމެއް ކަމަށެވެ.

އެހެންކަމުން ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި ހައުސިން މިނިސްޓްރީ ގުޅިގެން "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް އެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

.”ވުމާއެކު، 16 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހުން ފެށިގެން ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ބަދަލުގެނައުމަށް ހުށަހެޅޭނީ "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށްކަމުގައި ދަންނަވަމެވެ.” ހައުސިންގ މިނިސްޓްރީގެ އިޢުލާނުގައިވެއެވެ.

ވަންގަވް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭންއާ ގުޅޭ ހިދުމަތަށް އެދި ހުށަހެޅޭނީ ވަންގަވް ވެބްސައިޓަށް ވަނުމަށް ފަހު އީފާސް ބޭނުންކޮށްގެންނެވެ.

"ވަންގަވް" އަކީ ބޭނުން ވަގުތެއްގައި، ބޭނުން ތަނެއްގައި ހުރެގެން ފަސޭހަކަމާއިއެކު ސަރުކާރުގެ ހިދުމަތްތަކަށް ޑިޖިޓަލްކޮށް އެދެވޭ ޕްލެޓްފޯމެކެވެ.

ސަރުކާރުންދޭ ހިދުމަތްތައް ފަސޭހަކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމްކޮށްފައިވާ ވަންގަވް ތައްޔާރުކޮށްފައިވަނީ ރައްޔިތުންނާއި ވިޔަފާރިތަކާއި ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރުދުންނަށް އަވަސްކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން