އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން 10 ކްލަބަކުން ހުށަހަޅައިފިއެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ހުށަހެޅީ ކުރިއަށް އޮތް އެެފްއޭއެމްގެ އިންތިޚާބުގައި، އަޙުމަދު ޠާރިޤް (ޓޮމް) އަށް ތާޢީދުކުރާ 10 ކްލަބުންނެވެ.
އެފްއޭއެމްގެ އަސާސީ ޤަވާއިދު ބުނާ ގޮތުން، އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ ދެބައިކުޅައެއްބައި ކްލަބުން ކޮންގްރެސް ބޭއްވުމަށް ގޮވާލައިފިނަމަ 14 ދުވަހުގެ ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ޖެހޭނެ އެވެ. އަދި އެ ގޮތަށް ކޮންގްރެސް ނުބާއްވައިފިނަމަ ތިން ދުވަސްތެރޭގައި ފީފާ އަދި އޭއެފްސީގެ އެހީއާ އެކު ޓީމުތަކަށް އަމިއްލައަށް ކޮންގްރެސް ބޭއްވޭނެ އެވެ.
ކޮންގްރެސް ބޭއްވުމަށް އިސްވެ ހުށައެޅީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުންނެވެ. އެކަމަށް ތާޢީދު ކޮށްފައިވަނީ، ކްލަބް ވެލެންސިއާ، ކުޑަހެންވޭރު ޔުނައިޓެޑް، ޓީސީ ސްޕޯޓްސް ކްލަބް، އެލްޓީ ސްޕޯޓްސް ކްލަބް، ބީޖީ ސްޕޯޓްސް ކްލަބް، ޓެންޓް ސްޕޯޓްސް ކްލަބް، މަހިބަދޫ ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސީބީއެލް ސްޕޯޓްސް އެވެ.
އެފްއޭއެމްގެ މެމްބަރޝިޕް ލިބިފައިވާ ކްލަބްތަކުގެ ޢަދަދަކީ 18 އެވެ.
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ޓޮމް އަށް ތާޢީދުކުރާ ކްލަބްތަކުން އެދިފައިވާއިރު، އެފްއޭއެމުން މި މަހު 31 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބުގައި، އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމްގެ ދައުރު ހަމަވާން ބާކީ ހަ މަސް ދުވަހަށްވެފައި ވަނިކޮށް އިންތިޚާބު އަވަސް ކުރަން އެފްއޭއެމުން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އިންތިޚާބުގައި ވާދަކުރެއްވުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤު އާއި އެފްއޭއެމްގެ އެކްސްކޯ މެމްބަރު ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒު ހާޝިމް (މުފާ) މިހާރު ވަނީ ފޯމު ހުށައަޅުއްވާފައެވެ.
ހަމައެއާއެކު އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ހަމަވާން ހަ މަސް ދުވަސް ބާކީ އޮއްވައި، 45 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން އެއިދާރާގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާތީ، އިންތިހާބާ ގުޅޭ ހުރިހާ ކަމެއް، މިވަގުތަށް މަޑުޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސްވެސް ވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު