މިއަހަރު ބާއްވާ ރައްޔިތުން މަޖިލީސް އިންތިހާބަށް ކުުރިމަތިލާ ފަރާތްތަކުގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބަލައިގަންނަން ފަށައިފި އެވެ.

އީސީއިން މިއަދު ބުނެފައިވަނީ މަޖްލިސް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް އެކޮމިޝަނުން ނިންމާފައިވަނީ ކެންޑިޑޭޓުންނަށް ފަސޭހަކުރުމުގެ ގޮތުން ކަމަށެވެ. މީގެއިތުރުން އިންތިހާބަށް ހާއްސަކޮށްގެން ހުޅުވާ ބޭންކް އެކައުންޓް ހުޅުވުމުގެ ފުރުސަތުވެސް ދުރާލާ ކެންޑިޑޭޓުންނަށް ދިނުމަށް ނިންމާފައިވާކަމަށް އީސީއިން ބުނެއެވެ.

އީސީއިން ބުނިގޮތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ މިފޯމުގައި އިންތިހާބަށް ކުރިމަތިލާން އެދޭ މީހާއާއި އޭނާގެ ރަސްމީ އިންތިހާބީ އޭޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑު ހިމެނިގެންދާނެ ކަމަށެވެ. އެހެންކަމުން މިރެކޯޑުތައް ދުރާލާ ސާފުކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް އީސީއިންވަނީ އެދިފަ އެވެ.

މީގެއިތުރުން އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން އިންތިހާބަށް ހާއްސަ ބޭންކް އެކައުންޓް ހުޅުވުމުގެ ކަންކަން މިއަދުން ފެށިގެން ކުރިޔަށް ގެންދިޔުމަށް ވެސް އީސީން އަންގާފައިވެ އެވެ.

އީސީއިން އިތުރަށް ބުނެފައިވަނީ ރަސްމީ އިންތިހާބީ އޭޖެންޓް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ކުށުގެ ރެކޯޑު ސާފުކުރަން ނުޖެހޭނެކަމަށެވެ. އަދި މި މަސައްކަތާގުޅޭ މައުލޫމާތުތައް މިއަދު އެކޮމިޝަނުން ގެޒެޓުކޮއްފައިވާ އިއުލާނުން ލިބޭނެކަމަށްވެސް ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާރިޗު 17ވަނަ ދުވަހު އެވެ. އަދި މިއިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ މިމަހުގެ 31ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން