ހަފްތާއަކު އެއްފަހަރު އާންމުކުރަމުން އައި ސަރުކާރުގެ ފިސްކަލް ޑިވަލޮޕްމެންޓް ރިޕޯޓް މިދިޔަ އަހަރު ނެރުން ހުއްޓާލާފައިވާ ކަމަށް ބުނެ ކުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އަކްރަމް ވިދާޅުވެފައިވަނީ 2018އިން ފެށިގެން ކޮންމެ ހަފްތާއަކު ނެރެމުން އައި މިރިޕޯޓާ ނުލާ ސަރުކާރުން ދައުލަތުގެ އާމްދަނީ ހޭދަކުރާގޮތެއް ނުފެންނާނެ ކަމަށާއި މިކަމުގެ ސަބަބުން ސަރުކާރުގެ ބަޖެޓު ހޭދަވާގޮތުގެ ޓްރާންސްޕޭރެންސީ ގެއްލޭނެކަމަށެވެ.
"[މިރިޕޯޓު] އެންމެ ފަހުން އަޕްޑޭޓް ކޮއްފައިވަނީ މިދިޔަ އަހަރު ޑިސެމްބަރ 28ވަނަ ދުވަހު،" އަކްރަމް ވިދާޅުވި އެވެ.
މީގެ އިތުރުންވެސް މާލެ ސިޓީ ކައުންސިލަށް އާ މޭޔަރެއް އިންތިހާބުވެފައި ވަނިކޮށް އެކައުންސިލުން ބޭއްވި ބައްދަލުވުމަކާ ގުޅިގެން ވެސް އަކްރަމް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަޝްރޫއުތައް ޕްލޭނިންގް މިނިސްޓްރީއާ ހަވާލުކުރުމަށް ވަނީ ނިންމާފަ އެވެ. މި މަޝްރޫއުތައް ބަދަލުކުރަން ހުށަހަޅާފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓްގެ ޕްރިންސިޕަލް ސެކެޓްރީ، މުހައްމަދް ޝާހިދެވެ.
މިކަމަށް ފާޑުވިދާލުވަމުން އަކްރަމް ވިދާޅުވީ މީ މަކަރުވެރިކަމާއެކު ސަރުކާރުން ކުރާ މަސައްކަތެއްކަމަށާއި އަދި މިއީ އާ މޭޔަރު ހޮވުމާ ގުޅިގެން އަވަސްއަރުވާލައިގެން، ކޮަށްފައިވާ ކަމެއްކަމަށެވެ. މީގެއިތުރުން ރައީސް އޮފީހުގެ ބޭފުޅުން މިބައްދަލުވުުގައި ބައިވެރިވެވަޑައިގަތުމާ ގުޅިގެންވެސް އަކްރަމްވަނީ ކައުންސިލަށާއި ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު