ހޯމް ލޭންޑު ސެކިއުރެޓީ މިނިސްޓަރު އަލީ އިހުސާން
ހޯމް ލޭންޑު ސެކިއުރެޓީ މިނިސްޓަރު އަލީ އިހުސާން
ބިދޭސީންގެ މައްސަލަ ހައްލުނުކޮށް ތިބެން، ދެން އިތުރަށް ދެއްކޭނެ ބަހަނާއެއް ނެތް ކަމަށް ހޯމް ލޭންޑު ސެކިއުރެޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ އިޙްސާން ވިދާޅުވީ، ބިދޭސީންނާ ގުޅުން ހުރި ހުރިހާ މުއައްސަސާއެއް ހޯމް ލޭންޑް ސެކިއުރެޓީގެ ބެލުމުގެ ދަށަށް ރައީސް މުޢިއްޒު މިހާރުވަނީ ބަދަލު ކުރަށްވާފައިކަމަށެވެ. އެހެންކަމުން ބިދޭސީންގެ މައްސަލާގައި އޭނާއަށް އިތުރަށް ދެއްކޭނެ ބަހަނާއެއް، ދެން ނެތްކަމަށް އިޙްސާން ވިދާޅުވިއެވެ.

މިނިސްޓަރ ރޭ ވިދާޅުވީ ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑިޕޯޓް ކުރާނެ ކަމަށެވެ. ހަމައެއާއެކު ރާއްޖެއަށް ގެންނަ ބިދޭސީންގެ އެކައުންޓެބިލިޓީ ހަރުދާނެ ކުރާނެ ނިޒާމެއް ގާއިމުކުރާނެ ކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަވާލުވިފަހުން ގާތްގަޑަކަށް 60 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކުރެވިފައި،" އިހުސާން ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނަށް ވޮލަންޓަރީކޮށް، ރާއްޖެއިން ފުރައިގެން ދިޔުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިނިސްޓްރީގައި ހުރި ބިދޭސީންގެ ޑިޕޮސިޓް ފައިސާއިން އެ މީހުންނަށް ޓިކެޓް ނަގައިދިނުމަށްފަހު، އަމިއްލަޔަށް ރާއްޖެ ދޫކޮށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިޙްސާން ރޭ ވިދާޅުވީ މަސައްކަތް ކުރަށްވަމުން ގެންދަވަނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ފިންގާޕްރިންޓް ނަގައި، އެ މީހުންނަކީ ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައިވާ ބަޔަކަށް ހެދުމަށްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

އަބްދުﷲ ނަޞީރު.

27-Jan-2024

ބިދޭސީންގެ ފިންގާޕްރިންޓް ނަގައި، އެ މީހުންނަކީ ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައިވާ ބަޔަކަށް ހެދުމަށް މަނިކުފާނު ހުޅުވާދޮރުން ގާނޫނާ އެއްގޮތަށް މިހާރު އުޅޭ އެތައްބަޔަކު ނިކުމެ ގާނޫނާ ޚިލާފު ވުމަކީ އާއްމު ކަމެއް. މިކަން ހައްލު ކުރަން ބޭނުންވާނަމަ ރާއްޖޭގެ ރައްޔިތންގެ އެއްބާރުލުން ހޯދާ މިހާރު ގަވާއިދާޚިލާފު ވެފަވާ ފަރާތްތައް ބޭރު ކުރެވޭތޯ ބެއްލެވުން މާރަނގަޅު. އިތުރަށް ތި ނުރައްކާތެރި ދޮރު ނުހުޅުވާ...



ޓްރެންޑިން