މަޖިލީހަށް ވާދަކުރާ މީހުންގެ ކުށުގެ ރިކޯޑު ސާފުކުރަން ދެންނަގާނީ 5 މިނެޓް ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ޤަޞްދުކުރައްވާ ބޭފުޅުންގެ ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ މަސައްކަތަށް އެ އޮފީސް މިހާރުއޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

"އެގޮތުން، ކުށުގެ ރެކޯޑެއް ނެތް މީހަކުނަމަ، އެމީހަކު ރެކޯޑަށް އެދޭތާ 5 މިނިޓު ތެރޭގައި ރެކޯޑު ސާފުކޮށްދޭނަމެވެ. ރެކޯޑެއް އޮތްނަމަ، އެއް ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑު ސާފުކޮށްދޭނަމެވެ." ޕީޖީން ބުނެފައިވެއެވެ.

ޕީޖީން ބުނީ، ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާއިރު އިތުރު މައްސަލައެއް ދިމާވެއްޖެނަމަ، އެމައްސަލައެއް ޙައްލުކޮށްގެން ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި އެކަމާބެހޭ އެއްވެސް ސުވާލެއް އޮތްނަމަ، 3000655 އާ ގުޅުއްވުމަށާއި، ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގައި ޢަމަލުކުރާގޮތް، މިލިންކުން ސާފުވާނެ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގެ 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން