ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު މެލޭޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރާ ބައްދަލު ކުރަށްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން ބުނީ ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު މެލޭޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ޑަތުކް މުހައްމަދު ބިން އަލަމިން އާއި ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރަށްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު ޒަމީރު ވިދާޅުވީ މި ބައްދަލުވުމުގައި ދެ ގައުމުގު ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ބެހޭގޮތުން މަޝްވަޜާ ކުރެއްވި ކަމަށެވެ.
މި ބައްދަލު ކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ޔޫގަންޑާގެ ކަމްޕާލާގައި މިހާރު ކުރިއަށް ގެންދާ ނޮން އެލައިންޑް މޫވްމަންޓް (ނޭމް) ގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައެވެ.
ޔޫގަނޑާއަށް މިނިސްޓަރ ޒަމީރު ކުރަށްވަމުން ގެންދަވާ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބައިނަލްއަޤުވާމީ ގިނަ ގައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރަށްވައި ރާއްޖެއާއި އެގައުމުތަކާއި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާމެދު މަޝްވަރާ ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު