މާލޭގެ ބިންވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ މެސެޖެއް މިރޭ ހާމަކުރަށްވާނެ ކަމަށް ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަންގެ ނައިބު ރައީީސް ސުނާދު ލަތީފް ވިދާޅުވެއްޖެއެވެ.

މާލެ ރަށްވެހިންގެ ޖަމިއްޔާއާއި ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަންގެ އިތުރުން ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ ގުޅިގެން މިރޭ 20:00 ގައި ސަލްޓަން ޕާކުގައި ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެ ބައްދަލުވުމުގެ މަޢުލޫމާތު ޙިއްސާ ކުރަށްވަމުން މީސްމީޑިއާގައި ސުނާދު ވިދާޅުވީ ރައީސް ޑރ. މުއިއްޒާއި ބައްދަލުކުރައްވައި، މާލޭ ބިންވެރިންގެ ސައްލާގެ މައުލޫމާތު ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި ރައީީސް އާއެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ގޯތި ލިބިފައިވާ ފަރާތްތަކަށް މެސެޖެއް ދެއްވާފައި ކަމަށާއި ރައީސް ދެއްވި މެސެޖް މިރޭ އޮންނަ ސައްލާ ބައްދަލުވުމުގައި ހާމަކުރާނެ ކަމަށް ސުނާދު ވިދާޅުވިއެވެ.



މިރޭ ސަލްޓަންޕާކުގައި ބާއްވާ ބައްދަލުވުމަކީ މާލޭ ރައްޔިތުންނަށް ބިންވެރިޔާ ސްކީމްގެ ދަށުން ލިބިފައިވާ ގޯތިތައް ވުޖޫދަށް ގެނެސް އެކަން ހަގީގަތަކަށް ހެދުމަށް ވަކާލާތު ކުރުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އިންތިހާބީ މޭޔަރު އާދަމް އާޒިމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި އެހެންކަމުން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ހުރިހާ ފަރާތްތަކުން ވެސް މިރޭގެ ބައްދަލުވުމުގައި ބައިވެރިވުމަށް ސުނާދު އެދިވަޑައިގެންފައި ވެއެވެ.

ކުރީ ސަރުކާރުން ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަޅުފަޅުން ގޯތި ދޭން ނިންމި ނަމަވެސް ގޯތި ލިބުނު ސަރަހައްދު އޮތީ ނުހިއްކައެވެ. މި ސަރުކާރުން ބުނެފައިވަނީ ގުޅީފަޅާއި ގިރާފަޅު އިތުރަށް ހިއްކަން ނިންމާފައިވާ ކަމަށާއި ކުރީ ސަރުކާރުން ގޯތި ލިބުނު އެއްވެސް މީހެއްގެ އަތުން ގޯތި އަތުނުލާނެ ކަމަށެވެ.

މި ސަރުކާރުން މިހާރު ވަނީ މާލޭ ސަރަހައްދުގެ ތޮއްޖެހުން ކުޑަ ކުރުމަށް ފުށިދިއްގަރު ފަޅު ހިއްކާ ހުޅުމާލޭގެ ތިން ގުނަ ސަރަހައްދެއް ތަރައްްޤީ ކުރުމުގެ މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން