ހުޅުމާލޭގެ ސަހަރާއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި ސަހަރާއަށް ދޮޅުފޫޓަށް ވެލި އަޅައި ޑްރެއިން ސިސްޓަމެއް ގާއިމް ކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިގޮތައް ނިންމާފައިވަނީ ވާރޭ ވެހުމުން ހުޅުމާލޭ ސަހަރާގައި ފެންބޮޑުވެ މައްޔިތުން ވަޅުނުލެވޭ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.

އެގޮތުން ކައުންސިލްގެ ބުދަ ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ހުޅުމާލޭ ސަހަރާއަށް ދޮޅުފޫޓަށް ވެލި އަޅައި ޑްރެއިން ސިސްޓަމެއް ގާއިމްކޮށް ދެ ފާޚާނާ ބަރިއާއި ފީޑިންރޫމެއް އިތުރުކޮށް އިތުރު މަރާމާތު ކުރުމަށެވެ.

މިމަހު މާލެއަށް ކުރި ވިއްސާރާގައި ހުޅުމާލެ ސަހަރާގައި އެއް ފޫޓަށް ވަޅު ކޮންނައިރަށް ފެން އަރާތީ މީހުން ވަޅުލުމަށް ދަތިވެގެން މާލޭގެ އާ ސަހަރާގައި މީހުން ވަޅުލުމަށް ދެފަހަރެއްގެ މަތިން ވަގުތީ ގޮތުން ހަމަޖައްސާފައިވެއެވެ.

މީގެ ކުރިން މާލޭގެ އާ ސަހަރާގައި މީހުން ވަޅުލަމުން ދިޔަ ނަމަވެސް މީހުން ވަޅުލުން ހުއްޓާލާފައިވަނީ ސަހަރާއަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށްޓަކައި ބައެއް ތަންތަން ތަޅާލައި، ދެ ބުރީގެ އިތުރު އިމާރާތެއް ހެދުމުގެ މަސައްކަތް ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން