އަޙްމަދު އަސްހަމް ޢަބްދުލްޢަޒީޒު   20 ޖެނުއަރީ 2024 - 21:24
އޭސީއެއްގައި ރޯވެ މާލޭ މާފަންނު އަވަށުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ. ޕަރުވާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހަރުކޮށްފައިހުރި އޭސީގެ އިންޑޯ ޔުނިޓެއްގައި ރޯވެގެންކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނިގޮތުގައި ޕަރުވާނާގެއިން ދުން އަރާކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުު ސަރވިސްއަށް ލިބުމީ މިއަދު މެންދުރުފަހު 14:14ގައެވެ. އަދި ފުލުހުންގެ ޓީމެއް މިސަރަހައްދަށް ގޮސް ހަރަކާތްތެރިވުމުގެ ތެރެއިން މިއަދު 14:30 ހާއިރު އަލިފާން ނިއްވާލެވިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. ނަމަވެސް އެޕާޓްމެންޓްގެ އިންޑޯ އޭސީ ޔުނިޓާއި ހަރުކޮށްފައިހުރި ފަންކާއާއި ލައިޓުތަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން