އެމެޖެންސީ ހާލަތެެއް ދިމާވެއްޖެނަމަ ބަލި މީހާއަށް ޕާސްޕޯޓު ހައްދައިދިނުމަށް 24 ގަޑިއިރު އޮފީސް ހުޅުވައިގެން ވިޔަސް ހިދުމަތްދޭން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދް ޝަމާން ވަހީދް ވިދާޅުވެއްޖެ އެވެ.

ޝަމާން މިއަދު ވިދާޅުވީ އެބޭފުޅާއާއި މަގާމް ހަވާލު ކުރެއްވުމުގެ ކުރިން ރައީސް ވަނީ ބަސްފުޅެއް ވިދާޅުވެފައި ކަމަށެވެ. އަދި ރައީސް ގެ އެ ބަސްފުޅުން ދިވެހި ރައްޔިތުންގެ ކަންކަމުގައި ފަސްނުޖެހޭނެކަން ދޭހަވާ ކަމަށާއި އިހުމާލު ނުވާނެ ކަންވެސް ދޭހަވެގެން ދާކަމަށެވެ.



ޝާމާން ވިދާޅުވީ ޑރ. މުއިއްޒުގެ ބަސްފުޅުގައި އެމަނިކްފާނު އެންމެ އިސްކަމެއްދޭނީ ދިވެހި ރައްޔިތުންނަށް ކަމަށް ވިދާޅުވި ކަމަށާއި ދިވެއްސެއްގެ ކަމެއްގައި އިހުމާލުނުވުމަށް ވިދާޅުވެފައިވާ ކަމެވެ. އަދި ހާއްސޮކޮށް ބަލިހާލަތު ޖެހިފައިވާ މީހުންނަށް ކުއްލިހާލަތުގައި ޕާސްޕޯރޓް ހަދަން ޖެހިއްޖެނަމަ 24 ގަޑިއިރު އޮފީސް ހުޅުވައިގެން ވިޔަސް އެހިދުމަތް ދިނުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝަމާން މިހެން ވިދާޅުވެފައި މިވަނީ ހާލު ސީރިއަސްވި ބަލިމީހަކު މާލެ ގެނައުން ލަސްވެގެން ނިޔާވި ކަމަށް ބުނެ މީސްމީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. އެމީހުން ބުނާގޮތުން މިހާދިސާގައި ބަލި ކުޑަކުއްޖަކު ނިޔާވީ އިންޑިއާގެ ޑޯނިއަރ ބޯޓު މި ސަރުކާރުން ބޭނުން ނުކޮށްގެންނެވެ.

ނަމަވެސް ޑިފެންސް މިނިސްޓަރ މުހައްމަދް ގައްސާން މައުމޫން އަދި އާސަންދަ ކުންފުނިންވެސް މައުލޫމާތުދީފައިވާ ގޮތުން މިފަދަ ކުއްލި ހާލަތްތަކުގައި ކުރިއަށްގެންދާ މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަން ތަކުގައި ގިނަފަހަރު ބޭނުން ކޮއްފައިވަނީ މޯލްޑިވިއަންގެ ފްލައިޓްތަކެވެ. އެގޮތުން 2021ވަނަ އަހަރުން ފެށިގެން މިފަދައިން ދިމާވި 93 އިންސައްތަ ހާލަތްތަކުގައި ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވިއަން މެދުވެރިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން